14 ޖެނުއަރީ 2017 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޢަދާލަތު ޕާޓީގެ ޓިކެޓުގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ޢަދާލަތު ޕާޓީން ހުޅުވާލައިފިއެވެ. ޢަދާލަތު ޕާޓީގެ ޓިކެޓު ހޯދުމަށްޓަކައި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 23 އޮކްޓޯބަރ 2016 ވާ އާދީއްތަ ދުވަހުގެ ހަވީރު 5:00 އެވެ. މިކަމަށްޓަކައި ތައްޔާރުކުރެވިފައިވާ ފޯމު ޢަދާލަތު ޕާޓީގެ އޮފީހުންނާއި ވެބްސައިޓުން (www.adhaalath.org.mv) ލިބެން ހުންނާނެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޢަދާލަތު ޕާޓީގެ ފަރާތުން ޖުމުލަ 147 ގޮނޑިއަށް ވާދަކުރރުމަށްވަނީ ނިންމާފައެވެ. އެއީ 128 ރަށު ކައުންސިލް ގޮނޑިއާއި، 16 އަތޮޅު ކައުންސިލްގެ ގޮނޑިއާއި ސިޓީ ކައުންސިލްތަކުގެ 3 ގޮނޑިއެވެ. ޢަދާލަތު ޕާޓީން މި އިންތިޚާބުގައި ވާދަކުރަނީ އިދިކޮޅު އިއްތިހާދު، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގެ ތެރޭގައި ހިމެނޭ ޕާޓީތަކުން އެއްބަސްވެވޭ ގޮތެއްގެ މަތީން ދާއިރާތައް ފުށުނާރާނެ ގޮތަށެވެ.