2 ޑިސެމްބަރ 2017 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދާއިރާ ރައީސުންގެ އިންތިޚާބުގައި ވޯޓުލެވޭނެ ޢަދާލަތު ޕާޓީގެ މެމްބަރުންގެ ލިސްޓް، ޢަދާލަތު ޕާޓީގެ ވެބްސައިޓް www.adhaalath.org.mv ގައި ޝާއިޢުކޮށްފީމެވެ. މި ލިސްޓުގައިވާ، އެއްވެސް މަޢުލޫމާތަކާއި ބެހޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 8 ނޮވެމްބަރ 2017 ވާ ބުދަ ދުވަހުގެ މެންދުރު 3:00 ގެ ނިޔަލަށް ހުޅުވާލައިފީމެވެ

ލިސްޓުގައިވާ އެއްވެސް މަޢުލޫމާތަކާއި ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ “ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމް” އިންނެވެ. މި ފޯމް ޕާޓީގެ ވެބްސައިޓުން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ

މި ލިސްޓަށް ޝަކުވާ ހުށަހަޅާނީ 6 ނޮވެމްބަރ 2017 އިން 8 ނޮވެމްބަރ 2017 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 03:00 އަށެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ ފޯމާއި ލިޔެކިޔުންތައް ސްކޭންކުރައްވާ elections@adhaalath.org.mv އަށް ފޮނުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.
16 ޞަފަރު 1439
6 ނޮވެމްބަރ 2017

ވޯޓުލެވޭ މެމްބަރުންގެ ލިސްޓް ޝާއިޢުކުރުމާއި ޝަކުވާ ހުށަހެޅުމަށް ހުޅުވާލި އިޢުލާން
ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމް