2 ޑިސެމްބަރ 2017 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދާއިރާ ރައީސުންގެ އިންތިޚާބުގައި މިހާރު ރަޖިސްޓްރީ ވެފައިވާ ރަށް ނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ރަޖިސްޓަރީވުމުގެ ފުރުޞަތު 16 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުން ފެށިގެން 21 ނޮވެމްބަރ 2017 ވާ އަންގާރަ ދުވަހުގެ މެންދުރު 3:00 ގެ ނިޔަލަށް ހުޅުވާލެވިއްޖެއެވެ.

މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާނީ މިހާރު ރަޖިސްޓްރީވެފައިވާ ތަން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކާއި އަދި ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށަކަށް ނުވަތަ ތަނަކަށް ރަޖިސްޓްރީވާން އެދޭ ފަރާތްތައް އެކަންޏެވެ. މިހާރު ރަޖިސްޓްރީ ވެފައިވާނީ އެ މެމްބަރެއްގެ ދާއިމީ އެޑްރެސް އޮތް ތަނެއްގައެވެ. އަދި މިހާރު ރަޖިސްޓްރީ ވެފައިވާ ތަނުގެ މަޢުލޫމާތު ޕާޓީގެ ވެބްސައިޓުން ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.
މާލެ އަދި ދާއިރާގައި ހިމެނޭ ރަށްތަށް ފިޔަވައި އެހެން ތަނެއްގައި ވޯޓުލެވޭނެ އިންތިޒާމް ހަމަޖެހޭނީ އެ ތަނަކަށް އެ ދާއިރާއަށް ނިސްބަތްވާ ޕާޓީގެ 10 މެމްބަރުން ރަޖިސްޓްރީކޮށްފައިވާނަމައެވެ.

ރަޖިސްޓްރީވުމަށް އެދި ހުށަހަޅާނީ “ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމަށް އެދޭ ފޯމް” އިންނެވެ. މި ފޯމް ޕާޓީގެ ވެބްސައިޓް www.adhaalath.org.mv އަދި ޕާޓީގެ މައި އިދާރާއިން ލިބެން ހުންނާނެއެވެ.

ފޯމް ބަލައިގަންނާނީ ޕާޓީގެ މައި އިދާރާއިންނެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވަން ބޭނުންފުޅުނަމަ admin@adhaalath.org.mv އަށް ފޯމާއި އައިޑީކާޑް ސްކޭންކުރައްވާ ފޮނުއްވުން އެދެމެވެ.

26 ޞަފަރު 1439
16 ނޮވެމްބަރ 2017

އިޢުލާން ބެއްލެވުމަށް
ރީރެޖިސްޓްރޭޝަން ފޯމް