2 ޑިސެމްބަރ 2017 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދާއިރާ ރައީސުންގެ އިންތިޚާބުގައި ބަދަލުގައި ވޯޓުލުމަށް ރަޖިސްޓްރީކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު 16 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުން ފެށިގެން 21 ނޮވެމްބަރ 2017 ވާ އަންގާރަ ދުވަހުގެ މެންދުރު 3:00 ގެ ނިޔަލަށް ހުޅުވާލައިފީމެވެ.

ބަދަލުގައި ވޯޓުލުމަށް ހަމަޖައްސާ ފަރާތަކީ ޕާޓީގެ މެމްބަރަކަށް ވާންވާނެއެވެ. އަދި ކޮންމެ މެމްބަރަކަށްވެސް ބަދަލުގައި ލެވޭނީ 1 (އެކެއް) ވޯޓެވެ.

ބަދަލުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް އެދި ހުށަހަޅާނީ “ބަދަލުގައި ވޯޓުލުމަށް ހުއްދަދޭ ފޯމް” އިންނެވެ. މި ފޯމް ޕާޓީގެ ވެބްސައިޓް www.adhaalath.org.mv އަދި ޕާޓީގެ މައި އިދާރާއިން ލިބެން ހުންނާނެއެވެ.

ފޯމް ބަލައިގަންނާނީ ޕާޓީގެ މައި އިދާރާއިންނެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވަން ބޭނުންފުޅުނަމަ admin@adhaalath.org.mv އަށް ފޯމާއި އައިޑީކާޑް ސްކޭންކުރައްވާ ފޮނުއްވުން އެދެމެވެ.

26 ޞަފަރު 1439
16 ނޮވެމްބަރ 2017

އިޢުލާން ބެއްލެވުމަށް
ބަދަލުގައި ވޯޓުލުމަށް ހުއްދަދޭ ފޯމް