2015 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 12 ވަނަ ޖަލްސާ: ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ އިއްޒަތްތެރި މެންބަރު މުޙައްމަދު އަމީތު އަޙްމަދުމަނިކު ހުށަހަޅުއްވާފައިވާ ޓްރާންސްޕޯޓް އޮތޯރިޓީގެ ބިލު

2015 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 12 ވަނަ ޖަލްސާ: ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ އިއްޒަތްތެރި މެންބަރު މުޙައްމަދު އަމީތު އަޙްމަދުމަނިކު ހުށަހަޅުއްވާފައިވާ ޓްރާންސްޕޯޓް އޮތޯރިޓީގެ ބިލު

 ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ އިއްޒަތްތެރި މެންބަރު މުޙައްމަދު އަމީތު އަޙްމަދުމަނިކު ހުށަހަޅުއްވާފައިވާ ޓްރާންސްޕޯޓް އޮތޯރިޓީގެ ބިލު

މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ވާހަކަދެއްކެވުން:

 

ޝުކުރިއްޔާ އިއްޒަތްތެރި ރައީސް. އާދެ! މިއަދު ބަހުސްކުރެވެމުން މި ދާ ޓްރާންސްޕޯޓް ބިލަށް އަޅުގަ ނޑު ވެސް ޖުމުލަ ގޮތެއްގައި ތާ އީދުކުރާ ވާހަކަ ދަންނަވާލަން. އާދެ! އެހެންނަމަވެސް އަޅުގަ ނޑު ދަންނަވާނީ، އަޅުގަ ނޑުގެ ދާއިރާގައި ޝަކުވާތަކެއް އެބަ ހުއްޓޭ ޓްރާންސްޕޯޓް؛ މިހާރު ދަތުރުފަތުރުގެ ނިޒާމާ މެދު. އެގޮތުން އެންމެ ޚާއްޞަ ގޮތެއްގައި އަޅުގަ ނޑު ފާހަގަކޮށްލާނީ އަޅުގަ ނޑު މި ތަމްސީލުކުރާ މަކުނުދޫ ދާއިރާގެ މަކުނުދޫ. ހދ. މަކުނުދޫއަކީ ހުރިހާ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނޭ ފަދައިން ވަރަށް ދުރުގައި، އެހެން ރަށްތަކާ ވަރަށް ދުރުގައި ވަކިން އޮންނަ ރަށެއް. އެހެންކަމުން، އަޅުގަ ނޑު ހަމަ މި މަޤާމާ ހަވާލުވީއްސުރެ، މިހާރު 2 އަހަރާ ގާތްވަމުންދާއިރު ހަވާލުވީންސުރެ އަޅުގަ ނޑު ހަމަ ޓްރާންސްޕޯޓް އޮތޯރިޓީއާ އި އަދި ކުރިން މިނިސްޓްރީ އޮތްއިރު މިނިސްޓްރީއަށް ގޮސް އަޅުގަ ނޑުމެން ވާހަކަދައްކާފައިވާނެ ވަރަށް ގިނައިން އެ ރަށަށް ވަކިން ފެރީއެއް ހަމަޖައްސައިދެއްވާށޭ. އެއީ ޚާއްޞަކޮށް އަންހެން ބޭފުޅުންގެ ވަރަށް ބޮޑު ޝަކުވާއެއް އެއީ މިހާރު ފެރީ އޮންނަ ގޮތުން ހެދުނު ފަތިހު ހޭލައިގެން ކުޅުދުއްފު އްޓަށް ގޮސް ސްކޭންކޮށް، މާބަ ނޑު އަންހެންނުން ޚާއްޞަ ގޮތެއްގައި ސްކޭންކޮށް ހަދާފައި ރިޕޯޓް ދައްކަންވާއިރަށް ފުރައިގެން އަންނަންޖެހޭ. އެއީ 3 ރަށަށް ދާންޖެހޭތީ. ރިޕޯޓް ނުނަގާ އަންނަންޖެހެނީ. އަނެއްކާ އަނެއް ދުވަހު ދަތުރުހަދައިގެން ދާންޖެހެނީ. އެހެންވީމާ، އެއީ ވަރަށް ބޮޑު ތަކްލީފެއްގެ ގޮތުގައި އަޅުގަ ނޑު ފާހަގަކޮށްލާނަން. އަދި އަޅުގަ ނޑުމެން އަބަދުވެސް އެދެމުން މި ދަނީ ހދ. މަކުނުދޫއަށް ވަކި ފެރީއެއް ހަމަޖައްސައިދެއް ވުން. އެހެންވީމާ، އަޅުގަ ނޑު އުއްމީދުކުރަން މި ބިލުގައި، މި ބިލު ގާނޫނަކަށް ވެގެންދާއިރު މި ގާނޫނުގެ މަޤްޞަދުގެ ތެރޭގައި އެބަ އޮވޭ، އެއްގަމާއި ކަ ނޑުދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ބެލެއްޓުން. އެހެންވީމާ، އަޅުގަ ނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތެއްގެ މަތީން ފެރީގެ ނިޒާމުވެސް ހަމަޖައްސައިދެއްވާނެ ކަމަށް އަޅުގަ ނޑު އުއްމީދުކުރަން. އަދި ރައްޔިތުންނަށް ލުއިފަސޭހަވުން އެއީ ދަތުރުފަތުރުގެ އެންމެ ބޮޑު އެއް މަޤްޞަދުކަމުގަ އި ވެސް އަޅުގަ ނޑު ހަމަ ފާހަގަކޮށްލަން. ނިންމާލަމުން ވެސް އަޅުގަ ނޑު ދަންނަވާނީ، މިހާރު ހުށަހެޅިފައިވާ ބިލަށް އަޅުގަ ނޑު ތާއީދުކުރަމޭ. ޝުކުރިއްޔާ ދެއްވި ފުރުޞަތަށް.