2015 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 12 ވަނަ ޖަލްސާ: ހޮޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ޢަލީ މުޙައްމަދު ހުށަހަޅުއްވާފައިވާ ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާ ބެހޭ ގާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު.

2015 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 12 ވަނަ ޖަލްސާ: ހޮޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ޢަލީ މުޙައްމަދު ހުށަހަޅުއްވާފައިވާ ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާ ބެހޭ ގާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު.

މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ވާހަކަދެއްކެވުން:

ޝުކުރިއްޔާ އިއްޒަތްތެރި ރައީސް. `. އާދެ! މިއަދު އަޅުގަ ނޑުމެން ވާހަކަދައްކަމުން މި ދާ މަސްތުވާތަކެތި މަނާކުރުމުގެ މައްސަލަ މިއީ ޙަޤީޤަތުގައި ވެސް ޤައުމަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމުގައި އަޅުގަ ނޑު ދަންނަވަން. އެއީ ވަކި ސަރުކާރެއް ކުށްވެރިކުރާކަށް ނޫން. ހަމަ އަޅުގަ ނޑުމެންނަށް މި ފާއިތުވެދިޔަ ދުވަސްތަކުގައި އަޅުގަ ނޑުމެންނަށް މުޅި އުމުރުގައި ވެސް ފެންނަމުންދާ ވަރަށް ނުރައްކަތެރި މައްސަލައެއް މަސްތުވާތަކެތީގެ މައްސަލައަކީ. އަދި ހުރިހާ ދިވެހީންނަކީ ވެސް ޙަޤީޤަތުގައި ދީނަށް ވަރަށް ލޯބިކުރާ ބަޔަކަށް ވާއިރު، ހުރިހާ ދިވެހީންނަށް ވެސް އެނގޭ މަސްތުވާތަކެތި ބޭނުންކުރުމުގެ ހުކުން ވެސް. އެއީ الله ނަޙީކުރައްވާފައިވާ ކަމެއްކަން އެކަމުގެ ސަބަބުން ވަރަށް ނޭ ދެވޭ ކަންތައްތައް އެބަ ފެތުރިގެންދާކަން؛ މިއީ ވެސް އެންމެން ގަބޫލުކުރާ ޙަޤީޤަތެއް. އެގޮތުން، މަސްތުވާތަކެއްޗަކީ ހުރިހާ ނުބާ ކަމެއްގެ އަސްލުކަން އެއީ އަޅުގަ ނޑުމެންނަށް ނަބަވީ އިރުޝާދުތަކުން އެނގިގެންދާ އެއްޗެއް. އެހެންނަމަވެސް، އަޅުގަ ނޑުމެންނަށް މި ފެންނަނީ މަސްތުވާތަކެތި ނުހުއްޓުވިގެން މި އުޅެނީ ޙަޤީޤަތުގައި ވެސް އަޅުގަ ނޑު ދަންނަވާނީ ޢާއިލާތައް ހަރުދަނާނުވުމާ، އަދި ފަރުދީ ޒިންމާ ނުނެގުމާއި، މިފަދަ ކަންތައްތަކެއް ވެސް އެބަ ހިމެނޭ. މީގެއިތުރުން، ކުޑަކުދީންނަށް މަސްތުވާތަކެތި ތަޢާރުފުކުރުމުގެ ކަންތައްތައް ވެސް ރާއްޖޭގައި ވަރަށް ހަލުވިކަމާ އެކު އަދިވެސް ކުރިއަށްދާކަމީ އަޅުގަ ނޑުމެން ވަރަށް ހިތާމަކުރާ ކަމެއް. އެއީ ބައެއް ފަހަރަށް އަޅުގަ ނޑުމެންނަށް އެނގޭ އެބަ، ބައެއް ފަހަރަށް އެފަދަ ކަންތައްތައް މަސްތުވާތަކެއްޗަށް ކުޑަކުދީން އެބަ ހުށަހެޅޭ ހުށަހެޅިގެންނުވާނެ ތަންތަނުން. މިސާލަކަށް ސްކޫލްތައް ކައިރިން. މަސްތުވާތަކެތި އެ ތަންތާ ކައިރިއަށް ޙަޤީޤަތުގައި ގެންދެވިގެންނުވާނެ. އެއަށްވުރެ ހަރުދަނާވާންޖެހޭ. ހަމަ އެގޮތަށް މަސްތުވާތަކެތި ވަންނަ ދޮރުތައް ބަންދުކުރާ ވާހަކަދައްކާއިރު އަޅުގަ ނޑުމެންނަށް މި އެނގެނީ ، ދިވެހިރާއްޖެ އުފެދިފައިވާ ގޮތުން ދިވެހިރާއްޖެއަށް ތަފާތު މަނާ ތަކެތި ވެއްދުމުގެ ދޮރުތައް ޙަޤީޤަތުގައި ވެސް ހުޅުވިފައި އޮންނަ މިންވަރު ބޮޑުކަން، މިއީ އަޅުގަ ނޑުމެން ވިސްނާލައިފިއްޔާ އެނގޭ ޙަޤީޤަތެއް. އެގޮތުން ، މިހާރުވެސް ޙަޤީޤަތުގައި މި ހެދިފައި ހުންނަ އެއަރޕޯޓްތަކާއި މި ތަންތަނުގެ އިތުރުން، ރަށްރަށަކީ ވެސް މިއީ ހަމަ އެފަދަ ނޭދެވޭ ޢަމަލުތައް ކުރާ މީހުންނަށް އެ ފުރުޞަތު އޮންނަ ތަނެއް. އެހެންވީމާ، އަޅުގަ ނޑު ހަމަ ދަންނަވާނީ، މިއަށްވުރެ އިތުރަށް ޕޮލިހުންނާއި ސިފައިން ގުޅިގެން މަސައްކަތްކުރަން އެބަ ޖެހެއޭ މަސްތުވާތަކެތީގެ ވަބާ މި ޤައުމުން ފޮހެލަން. އަދި މިހާރު ކުއްލި ނުރައްކަލު ގެ ހާލަތު އިޢުލާންކޮށްފައިވާ ދަ ނޑިވަޅު އަޅުގަ ނޑުމެންނަށް އެބަ ފެނޭ، ރިޔާސީ ލޯންޗުކޮޅުގައި ގޮއްވާލިގޮއްވާލުމާ އެއްކޮށް ތަޙުޤީޤުކުރެވެމުންދާއިރު ކޮރަޕްޝަން މައްސަލަތައް ވެސް ތަޙުޤީޤުކުރެވެމުންދާ ތަން. މީގެއިތުރުން އަޅުގަ ނޑު ގޮވާލަން، ހަމަ މަސްތުވާތަކެތި ވިއްކާ މީހުންގެ މައްސަލަތައް ވެސް ތަޙުޤީޤުކުރައްވާށޭ މި ދުވަސްވަރު. އަދި މި ކަމަށް ޙައްލެއް ހޯއްދަވައިދެއްވާށޭ. ޝުކުރިއްޔާ.