މަޝްވަރާ މަޖިލިހުގެ ހުސްވެފައިވާ މަޤާމްތަކަށް ކުރިމަތިލުމަށް ހުޅުވާލުން

މަޝްވަރާ މަޖިލިހުގެ ހުސްވެފައިވާ މަޤާމްތަކަށް ކުރިމަތިލުމަށް ހުޅުވާލުން

ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުގެ 6 މަޤާމެއް ހުސްވެފައިވާތީ މި މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ޢަދާލަތު ޕާޓީގެ މެމްބަރުންނަށް ޢާއްމުކޮށް ހުޅުވާލަމެވެ.
ވީމާ މި މަޤާމްތަކަށް ކުރިމަތި ލައްވަން ބޭނުންފުޅުވާ ފަރާތްތަކުން، މަޤާމަށް ކުރިމަތިލެއްވުމަށް އެދޭ ފޯމް ފުރުއްވުމަށް ފަހު، 8 ނޮވެމްބަރ 2017 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، ޢަދާލަތު ޕާޓީގެ މައި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މި މަޤާމްތަކަށް ކުރިމަތިލުމަށް އެދޭ ފޯމް، ޕާޓީގެ މައި އިދާރާއިން ލިބެން ހުންނާނެއެވެ.
ވީމާ، މި ކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

29 އޮކްޓޯބަރ 2017

އިޢުލާން ޑައުންލޯޑް ކުރެއްވުމަށް