ދާއިރާ ރައީސުންގެ އިންތިޚާބުގައި ވޯޓު ލެވޭ މެމްބަރުންގެ ލިސްޓް ޝާއިޢު ކުރުމާއި ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން

ދާއިރާ ރައީސުންގެ އިންތިޚާބުގައި ވޯޓު ލެވޭ މެމްބަރުންގެ ލިސްޓް ޝާއިޢު ކުރުމާއި ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން

2 ޑިސެމްބަރ 2017 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދާއިރާ ރައީސުންގެ އިންތިޚާބުގައި ވޯޓުލެވެނެ ޢަދާލަތު ޕާޓީގެ މެމްބަރުންގެ ލިސްޓް، ޢަދާލަތު ޕާޓީގެ ވެބްސައިޓް www.adhaalath.org.mv ގައި ޝާއިޢުކޮށްފީމެވެ. މި ލިސްޓުގައިވާ، އެއްވެސް މަޢުލޫމާތަކާއި ބެހޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 8 ނޮވެމްބަރ 2017 ވާ ބުދަ ދުވަހުގެ މެންދުރު 3:00 ގެ ނިޔަލަށް ހުޅުވާލައިވީމެވެ.
ލިސްޓުގައިވާ އެއްވެސް މަޢުލޫމާތަކާއި ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ “ވޯތު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމް” އިންނެވެ. މި ފޯމް ޕާޓީގެ ވެބްސައިޓުން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.
މި ލިސްޓަށް ޝަކުވާ ހުށަހަޅާނީ 6 ނޮވެމްބަރ 2017 އިން 8 ނޮވެމްބަރ 2017 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ ފޯމާއި ލިޔެކިތުންތައް ސްކޭންކުރައްވާ elections@adhaalath.org.mv އަށް ފޮނުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.
16 ޞަފަރު 1439
6 ނޮވެމްބަރ 2017

އިޢުލާން ޑައުންލޯޑް ކުރުމަށް