ޤުރްއާން އަދި ލީޑަރޝިޕް އާއި ގުޅޭ ވޯކްޝޮޕްގައި ބައިވެރިވުމަށް ހުޅުވާލުން

ޤުރްއާން އަދި ލީޑަރޝިޕް އާއި ގުޅޭ ވޯކްޝޮޕްގައި ބައިވެރިވުމަށް ހުޅުވާލުން

މި ޕާޓީއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޤުރުއާނާއި ލީޑަރޝިޕާއި ގުޅޭ ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.
މި ވޯކްޝޮޕް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 21 އޮކްޓޯބަރ 2017 ވާ ހޮނިހިރު ދުވަހު ހެނދުނު 9:00 އިން އެދުވަހު ހަވީރު 5:45 އާއި ހަމަ އަށެވެ. މި ވޯކްޝޮޕްގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޢުލޫތަކަކީ؛
• ކީރިތި ޤުރްއާން – ޑރ. މުޙައްމަދު ޢިޔާޟް (4 ގަޑިއިރު)
• ލީޑަރޝިޕް – އަޙްމަދު ނުޢުމާން (2 ގަޑިއިރު)

މި ވޯކްޝޮޕުގައި ބައިވެރިވުމުގެ ފީ އަކީ 150ރ އެވެ. ވޯކްޝޮޕްގެ ބައިވެރިންނަށް ވޯކްޝޮޕް އޮންނަ ދުވަހުގެ މެންދުރުގެ ކެއުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވެއެވެ.
ވީމާ، މި މިވޯކްޝޮޕްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ނަމާއި އައިޑީ ކާޑް ނަންބަރު ޖައްސަވާ 9794154 ނަންބަރަށް މެސެޖް ކުރެއްވުމުން ބައިވެރިވުމުގެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ޕާޓީ އޮފީހުގެ ނަންބަރު 3342672 އަށް ގުޅުއްވުން އެދެމެވެ.

28 މުޙައްރަމް 1439
8 އޮކްޓޯބަރ 2017

އިޢުލާން ޑައުންލޯޑް ކުރުމަށް