ދާއިރާ ރައީސުންގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލުން

ދާއިރާ ރައީސުންގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލުން

ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 28 ވަނަ މާއްދާގެ ދަށުން، ތިރީގައި ބަޔާންކޮށްފައިވާ 12 ދާއިރާގެ، ދާއިރާ ރައީސުން އިންތިޚާބުކުރުމަށްޓަކައި، 2 ޑިސެމްބަރ 2017 ވާ ހޮނިހިރު ދުވަހު އެ ދާއިރާތަކުގެ އިންތިޚާބު ބާއްވާގޮތަށް ހަމަޖައްސާފީމެވެ.
• ވައިކަރަދޫ ދާއިރާ
• ކުޅުދުއްފުށީ އުތުރު ދާއިރާ
• ކުޅުދުއްފުށީ ދެކުނު ދާއިރާ
• މަކުނުދޫ ދާއިރާ
• އިނގުރައިދޫ ދާއިރާ
• ކާށިދޫ ދާއިރާ
• ކ. ގުރައިދޫ ދާއިރާ
• ފުވައްމުލަކު އުތުރު ދާއިރާ
• ފުވައްމުލަކު ދެކުނު ދާއިރާ
• ހިތަދޫ އުތުރު ދާއިރާ
• ހިތަދޫ ދެކުނު ދާއިރާ
• އައްޑޫ މީދޫ ދާއިރާ
ވީމާ، މަތީގައި ބަޔާންކުރެވިފައިވާ ދާއިރާތަކުގެ ދާއިރާ ރައީސުންގެ އިންތިޚާބަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލާ، އިޢުލާން ކުރަމެވެ. އަދި ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު 4 ނޮވެމްބަރ 2017 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން 12 ނޮވެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 3:00 އާ ހަމައަށް ހުޅުވާލާފައިވާ ވާހަކަ ދަންނަވަމެވެ. ދާއިރާ ރައީސުންގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އިންތިޚާބަށް ކުރިމަތިލުމަށް އެދެންވާނީ އެކަމަށް އިންތިޚާބީ ކަންތައްތަކާއި ބެހޭ ކޮމިޓީގެ ފަރާތުން ޚާއްސަކޮށްފައިވާ ފޯމް މެދުވެރިކޮށެވެ. މި ފޯމް ޕާޓީގެ ވެބްސައިޓް www.adhaalath.org.mv އަދި ޕާޓީގެ މައި އޮފީހުން ލިބެންހުންނާނެއެވެ.
ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 28.7 ވަނަ މާއްދާގެ ދަށުން ދާއިރާ ރައީސްކަމަށް ކުރިމަތިލާ ފަރާތެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.
1. މުސްލިމަކު ކަމުގައިވުން
2. ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން
3. ދިވެހި ރައްޔިތެއް ކަމުގައިވުން
4. ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން
5. ޕާޓީގެ މެންބަރެއް ކަމުގައިވުން
6. ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވެފައިވާނަމަ، ހުކުމް ތަންފީޒުކޮށްނިމުނުތާ 1 އަހަރުފުރިފައިވުން
ދާއިރާ ރައީސުންގެ އިންތިޚާބުގައި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ 2 ޑިސެމްބަރ 2017 ވާ ހޮނިހިރުދުވަހުގެ މެންދުރު 2:00 އިން ހަވީރު 5:00 އަށެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.
13 ޞަފަރު 1439
3 ނޮވެމްބަރ 2017

އިޢުލާން ޑައުންލޯޑް ކުރުމަށް