ޢަދާލަތު ޕާޓީގެ ދުސްތޫރަށް އިޞްލާޙު ހުށަހެޅުމާއި ގުޅޭ

ޢަދާލަތު ޕާޓީގެ ދުސްތޫރަށް އިޞްލާޙު ހުށަހެޅުމާއި ގުޅޭ

ކުރިއަށް އޮތް މި ޕާޓީގެ ޤައުމީ މަޖިލީހުގައި މިޕާޓީގެ ދުސްތޫރަށް ގެންނަފެންނަ އިޞްލާޙްތައް އެކުލަވާލުމަށްޓަކައި ދުސްތޫރު މުރާޖަޢާ ކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައެވެ. އަދި ދުސްތޫރަށް ގެންނަންފެންނަ އިޞްލާޙުތަކަށް ޚިޔާލުހުށަހެޅުމުގެ ފުރުސަތު ވަނީ އާއްމުކޮށް ހުޅުވާލެވިފައެވެ. 

 

ވީމާ، ޕާޓީގެ ދުސްތޫރަށް ގެންނަން ބޭނުންވާ އިޞްލާޙުތަކަށް ޚިޔާލެއް ވާނަމަ، 9 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 1500 ގެ ކުރިން، ޢަދާލަތު ޕާޓީގެ މައި އިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. ނުވަތަ ޕާޓީގެ އީމެއިލް admin@adhaalath.org.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ. 

 

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9903231 އަށް ގުޅުއްވުން އެދެމެވެ.

 

7 صَفَرُ 1440 

6 އޮކްޓޫބަރ 2019