ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް ޙާފިޒުން ގެނައުމާއި ގުޅޭ

ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް ޙާފިޒުން ގެނައުމާއި ގުޅޭ

މިހިނގާ 1441 ވަނަ އަހަރުގެ ރަމަޟާން މަހު ރާއްޖޭ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް 50 ޙާފިޒުން ގެނައުމަށް ހަމަޖެހިފައިވާކަމާށް މިޕާޓީގެފަރާތުން ކޮށްފައިވާ އިޢުލާން ނަންބަރު: AP-IUL/2020/01 އާ ގުޅޭގޮތުން ދަންނަވަމެވެ.

މިޕާޓީ މެދުވެރިކޮށް ޙާފިޡުން ގެނައުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން އެފަރާތްތަކުން އެކަމަށް އެދެންޖެހޭ އެންމެ ފަހު ދުވަހަކީ 20 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 ކަމުގައި އާއްމުކޮށް އިޢުލާންކުރަމެވެ. ވީމާ ޝައުޤުވެރިވާ ފަރާތްތައް ދެންނެވުނު ތަރީޙުގެ ކުރިން މިޕާޓީގެ މަރުކަޒީ އިދާރާ (ހ.ފުލިދޫގެ، 3 ވަނަ ފަންގިފިލާ) އަށް ނުވަތަ މިޕާޓީގެ އީމެއިލް، admin@adhaalath.org.mv އަށް ލިޔުމަކުން އެކަން އަންގަވައި، ފައިސާ ދެއްކެވުން އެދެމެވެ.

ޙާފިޡުން ރާއްޖެ ގެނައުމާއި އަންބުރާ ފޮނުވާލުމާއި، މާލޭގައި މަޑުކުރައްވާ ވަގުތާއި ރަށްރަށަށް ފޮނުވުމާއި، ރަމަޟާން މަސް ނިމުމާއިއެކު ޙާފިޡުން އަނބުރާ މާލެ ގެނެސް މާލޭގައި މަޑުކުރައްވަންޖެހޭ މުއްދަތުގައި ހިނގާނެ ޚަރަދާއި، ޙާފިޡުންނަށް ދޭ އެލަވަންސަށް ހިނގާނެ ޚަރަދުގެ ގޮތުގައި މިއަހަރު ނެގުމަށް ހަމަޖެހިފައިވަނީ -/26,000 (ސައްބީސްހާސް) ރުފިޔާއެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342671، 9903231 ނުވަތަ 7789355 އަށް ގުޅުއްވުން އެދެމެވެ.

19 ޖުމާދުލް  އާޚިރާ 1441

13 ފެބްރުއަރީ 2020