އިޢުލާން: އަލަށް އުފެދިފައިވާ ދާއިރާތަކާއި އިންތިޚާބު ބާއްވާނެ ތަންތަން ކަނޑައެޅުމާއި ގުޅޭއި

އިޢުލާން: އަލަށް އުފެދިފައިވާ ދާއިރާތަކާއި އިންތިޚާބު ބާއްވާނެ ތަންތަން ކަނޑައެޅުމާއި ގުޅޭއި

ނަންބަރު: AP-IUL/2020/03

ދާއިރާތަކުގެ ރައީސުންގެ މަޤާމު އުފެދި އެމަޤާމުތަކަށް އިންތިޚާބު ކުރުމަށް ކަނޑައެޅިފައިވަނީ އެ ދާއިރާއެއްގައި 100 މެމްބަރުން ހަމަވުމުން ކަމުގައި މަޝްވަރާ މަޖިލީހުން ފާސްކޮށްފައިވާތީ، އިތުރަށް އުފެދިފައިވާ ދާއިރާތަކުގެ ރައީސުންގެ މަޤާމުތަކުގެ އިންތިޚާބު ބާއްވާގޮތައް ހަމަޖެހިފައިވެއެވެ. އަދި އެ އިންތިޚާބުތައް ބާއްވާނެ ތަންތަން ކަނޑައެޅިގެންދަނީ އެ ތަނެއްގައި ޕާޓީގެ މެމްބަރުން ތިބި ނިސްބަތަކުން ކަމަށްވާތީ، އިންތިޚާބު ބާއްވާނެ ތަންތަން ކަނޑައެޅުމުގެ މަޤްޞަދަށްޓަކައި، އިންތިޚާބު ބާއްވާ ތަންތަން ކަނޑައެޅިގެންދާނެ ތާރީޚަކީ 15 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 2:00 އިން ކަމުގައި ޢާންމުކޮށް އަންގާ އިޢުލާންކުރަމެވެ. އަދި މި އިންތިޚާބުތަކަށް ކުރިމަތިލުމަށް ފަހުން އިޢުލާންކުރެވޭނެ ވާހަކަ ދަންނަވަމެވެ.

ބޭއްވުމަށް ހަމަޖެހިފައިވާ އެތެރޭގެ އިންތިޚާބުތަކާއި ގުޅޭ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

  • ދާއިރާ ރައީސުންގެ އިންތިޚާބު
  • ގޮފިތަކުގެ ހިންގާ ކޮމިޓީގެ އިންތިޚާބު

އިންތިޚާބީ ދާއިރާއެއްގައި ޕާޓީގެ 100 މެމްބަރުން ހަމަވާނަމަ، ޕާޓީގެ މެމްބަރުންގެ ތެރެއިން މި މަޤާމަށް ޝަރުތު ހަމަވާ ކޮންމެ މެމްބަރަކަށް އެ ދާއިރާއެއްގެ ދާއިރާ ރައީސްކަމަށް ކުރިމަތިލެވޭނެއެވެ. ދާއިރާ ރައީސުންނަކީ ޕާޓީގެ މަޝްވަރާ މަޖިލިހުގެ މެމްބަރުންގެ ގޮތުގައި ކަނޑައެޅޭނެ ބަޔެކެވެ.

އަދި ހަމަ އެހެންމެ، ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި ޕާޓީގެ 30 މެމްބަރުން ހަމަވެއްޖެނަމަ އެ ރަށެއްގައި ޕާޓީގެ ގޮތްޕެއް ހުޅުވިދާނެއެވެ. މި ގޮތުން ކޮންމެ ރަށެއްގައިވެސް ރަޖިސްޓްރީ ކުރެވޭނީ 1 (އެއް) ގޮތްޕެވެ. ނަމަވެސް އެއް ރަށެއްގައި 1 (އެއް) އިންތިޚާބީ ދާއިރާ އަށްވުރެން ގިނަ ދާއިރާ ހިމެނޭނަމަ، 30 މެންބަރުން ހިމެނޭ ކޮންމެ ދާއިރާއަކަށް ވަކި ގޮތްޕެއް ރަޖިސްޓްރީކުރެވިދާނެއެވެ. ގޮފީގެ ހިންގާ ކޮމިޓީގެ މަޤާމްތަކަކީ؛

  • ރައީސް.
  • ނައިބު ރައީސް.
  • ސެކްރެޓަރީ.
  • ސެކްރެޓަރީގެ ނައިބު.
  • ޚަޒާންދާރު.
  • މީޑިއާ ކޯޑިނޭޓަރ.
  • ޔުނިޓުތަކުގެ މަންދޫބުން.
  • އަންހެނުންގެ ކޮމިޓީގެ ރައީސާ
  • ޒުވާނުންގެ ކޮމިޓީގެ ރައީސް

ޕާޓީގެ މެމްބަރަކަށް ވުމަށް އެދޭ ފޯމް ޕާޓީގެ ރަޖިސްޓްރަރ އަށް ހުށަހަޅައި، އެ ފޯމަކީ ޞައްޙަ ފޯމެއްކަމަށް ރަޖިސްޓްރަރ ކަނޑައަޅާ ހިނދުންފެށިގެން އެ މީހަކީ ޕާޓީގެ މެމްބަރެކެވެ. އަދި ޕާޓީގެ އަސާސީ ޤަވާއިދާއި، ޢަދާލަތު ޕާޓީގެ ދާއިރާ ރައީސުންގެ އިންތިޚާބާއި ބެހޭ ޤަވާއިދާއި ޢަދާލަތު ޕާޓީގެ ގޮފިތައް އިންތިޚާބުކުރުމާއި ބެހޭ ޤަވާއިދު ޕާޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ. އިންތިޚާބްތަކާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން އެދޭނަމަ މި ޕާޓީގެ މައި އިދާރާގެ ނަންބަރު 3342671 އަށް ގުޅުންވުން ނުވަތަ admin@adhaalath.org.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

11 رَبِيْعُ الأَوَّل 1442

28 އޮކްޓޯބަރ 2020