އިޢުލާން: ދާއިރާ ރައީސުންނާއި އަދި ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލުން

އިޢުލާން: ދާއިރާ ރައީސުންނާއި އަދި ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލުން

ނަންބަރު: AP-IUL/2020/04

 

ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 29.3 ވަނަ މާއްދާއާއި 31.4 ވަނަ މާއްދާގެ ދަށުން، ޕާޓީގެ 3 ވަނަ ދައުރަށް ދާއިރާ ރައީސުންނާއި ގޮފިތަކުގެ  ހިންގާކޮމިޓީ ހޮވުމަށްޓަކައި،  ދާއިރާ ރައީސުންނާއި ގޮފިތަކުގެ  ހިންގާކޮމިޓީގެ އިންތިޚާބު 5 ޑިސެމްބަރ 2020 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖެހިފައިވެއެވެ.

އިންތިޚާބަށް ހުޅުވާލެވިފައިވާ މަޤާމްތަކަކީ؛

ދާއިރާ ރައީސް

ގޮފީގެ ހިންގާ ކޮމިޓީގެ މަޤާމުތައް:

  • ރައީސް.
  • ނައިބު ރައީސް.
  • ސެކްރެޓަރީ.
  • ސެކްރެޓަރީގެ ނައިބު.
  • ޚަޒާންދާރު.
  • މީޑިއާ ކޯޑިނޭޓަރ.
  • ޔުނިޓުތަކުގެ މަންދޫބުން.
  • އަންހެނުންގެ ކޮމިޓީގެ ރައީސާ
  • ޒުވާނުންގެ ކޮމިޓީގެ ރައީސް

ދާއިރާ ރައީސަކަށް ކުރިމަތިލާ ފަރާތްތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަ ވާންވާނެއެވެ.

  1. ޕާޓީގެ މެންބަރެއް ކަމުގައި ވުން. (ޕާޓީއަށް ވަނުމަށް އެދޭ ފޯމް ފުރުމަށްފަހު، އެ ފޯމަކީ ސައްޙަ ފޯމެއްކަމަށް ޕާޓީގެ ރަޖިސްޓްރަރ ކަނޑައަޅާ ހިނދުން ފެށިގެން އެ މީހަކީ ޢަދާލަތު ޕާޓީގެ މެންބަރެކެވެ.)
  2. ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވެފައިވާނަމަ، ހުކުމް ތަންފީޒުކޮށްނިމުނުތާ 1 އަހަރު ވެފައިވުން.

ގޮފިތަކުގެ ހިނގާ ކޮމިޓީތަކުގެ މަޤާމްތަކަށް ކުރިމަތިލާ ފަރާތްތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަ ވާންވާނެއެވެ.

  1. ޕާޓީގެ މެންބަރެއް ކަމުގައި ވުން. (ޕާޓީއަށް ވަނުމަށް އެދޭ ފޯމްފުރުމަށްފަހު، އެ ފޯމަކީ ސައްޙަ ފޯމެއްކަމަށް ޕާޓީގެ ރަޖިސްޓްރަރ ކަނޑައަޅާ ހިނދުން ފެށިގެން އެ މީހަކީ ޢަދާލަތު ޕާޓީގެ މެންބަރެކެވެ.)

ވީމާ، ދާއިރާ ރައީސުންގެ އިންތިޚާބަށާއި ގޮފިތަކުގެ ހިންގާކޮމިޓީގެ މަޤާމްތަކަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލާ، އިޢުލާން ކުރަމެވެ. އަދި ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު 22 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 3:00 އާ ހަމައަށް ހުޅުވާލާފައިވާ ވާހަކަ ދަންނަވަމެވެ. ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އިންތިޚާބަށް ކުރިމަތިލުމަށް އެދެންވާނީ އެކަމަށް އިންތިޚާބީ ކަންތައްތަކާއި ބެހޭ ކޮމިޓީގެ ފަރާތުން ޚާއްސަކޮށްފައިވާ ފޯމް މެދުވެރިކޮށެވެ. މި ފޯމް ޕާޓީގެ ވެބްސައިޓް www.adhaalath.org.mv  އަދި ޕާޓީގެ މައި އޮފީހުން ލިބެންހުންނާނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ ފޯމު ފޮނުވަންވާނީ admin@adhaalath.org.mv  އަށެވެ.

އިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ 5 ޑިސެމްބަރ ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން މެންދުރު ފަހު 3:00 ގެ ނިޔަލަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ. ޕާޓީގެ އަސާސީ ޤަވާއިދާއި، ޢަދާލަތު ޕާޓީގެ ދާއިރާ ރައީސުންގެ އިންތިޚާބާއި ބެހޭ ޤަވާއިދާއި ޢަދާލަތު ޕާޓީގެ ގޮފިތައް އިންތިޚާބުކުރުމާއި ބެހޭ ޤަވާއިދު ޕާޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ. އިންތިޚާބްތަކާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން އެދޭނަމަ މި ޕާޓީގެ މައި އިދާރާގެ ނަންބަރު 3342671 އަށް ގުޅުންވުން ނުވަތަ admin@adhaalath.org.mv  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

19 رَبِيْعُ الأَوَّل 1442

5 ނޮވެމްބަރ 2020