އިޢުލާން:ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ އިންތިޚާބަށް ހުޅުވާލާފައިވާ ދާއިރާތަކާއި ގޮފިތައް

އިޢުލާން:ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ އިންތިޚާބަށް ހުޅުވާލާފައިވާ ދާއިރާތަކާއި ގޮފިތައް

ނަންބަރު: AP-IUL/2020/05

 

ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ އިންތިޚާބަށް ހުޅުވާލާފައިވާ ދާއިރާތަކާއި ގޮފިތައް

ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ އިންތިޚާބުތައް ބާއްވާނެތަންތަން ކަނޑައެޅުމާއި ގުޅޭގޮތުން ކުރެވުނު ނަންބަރު: AP-IUL/2020/03  އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ. އެ އިޢުލާނުގައި އިޢުލާންކުރެފައިވާ އިންތިޚާބު ބާއްވާ ތަންތަން ކަނޑައެޅިގެންދާނެ ތާރީޚު 25 ނޮވެމްބަރ 2020 ވާ ބުދަ ދުވަހުގެ 2:00 އަށް މުއްދަތު އިތުރުކުރެވިފައިވާ ވާހަކަ ޢާއްމުކޮށް އަންގާ އިޢުލާންކުރަމެވެ. އަދި އިޢުލާންކުރެވިފައިވާ ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ އިންތިޚާބަށް މިހާތަނަށް ހުޅުވާލާފައިވާ ދާއިރާތަކާއި ގޮފިތައް ތިރީގައި މިވަނީއެވެ. އިސްވެދެންނެވުނު ތާރީޚާއާއި ހަމައަށް މެމްބަރުންގެ ނިސްބަތަށް އަންނަ އުނި އިތުރަށް ބަލައި ބަދަލެއް އައިސްފިކަމުގައިވާނަމަ އެބަދަލެއް އައި ދާއިރާތަކާއި ގޮފިތަކަށް ފަހުން އިޢުލާންކުރެވޭނެ ވާހަކަ ދަންނަވަމެވެ.

ދާއިރާތައް:

1.    ބާރަށު ދާއިރާ

12. ނިލަންދޫ ދާއިރާ
2.     ވައިކަރަދޫ ދާއިރާ 13. މީދޫ ދާއިރާ
3.     ކުޅުދުއްފުށި ދެކުނު ދާއިރާ 14. ކުޑަހުވަދޫ ދާއިރާ
4.     މަކުނުދޫ ދާއިރާ 15. ކިނބިދޫ ދާއިރާ
5.     ކަނޑިތީމު ދާއިރާ 16. ގަމު ދާއިރާ
6.     އިނގުރައިދޫ ދާއިރާ 17. ގެމަނަފުށި ދާއިރާ
7.    ކާށިދޫ ދާއިރާ 19. ފުއައްމުލަކު މެދު ދާއިރާ
8.     ކ.ގުރައިދޫ ދާއިރާ 20. ފުއައްމުލަކު ދެކުނު ދާއިރާ
9.     މަތިވެރި ދާއިރާ 21. ހިތަދޫ އުތުރު ދާއިރާ
10. މަހިނބަދޫ ދާއިރާ 22. އައްޑޫ މީދޫ ދާއިރާ
11.   ދަނގެތި ދާއިރާ 23. މައްޗަންގޮޅީ މެދު ދާއިރާ

ގޮފިތައް:

1.    ހއ.ބާރަށް 2.     ހއ.ދިއްދޫ
3.     ހއ.ކެލާ 4.     ހއ.އުތީމު
5.     ހދ.ހަނިމާދޫ 6.     ހދ.ކުޅުދުއްފުށި އުތުރު ދާއިރާ
7.    ހދ.ކުޅުދުއްފުށި ދެކުނު ދާއިރާ 8.     ހދ.ކުމުންދޫ
9.     ހދ.މަކުނުދޫ 10. ހދ.ނާވައިދޫ
11.   ހދ.ނެއްލައިދޫ 12. ހދ.ނޭކުރެންދޫ
13.  ހދ.ނޮޅިވަރަން 14. ހދ.ވައިކަރަދޫ
15.  ށ.ބިލެއްފަހި 16. ށ.ފުނަދޫ
17.  ށ.ކަނޑިތީމު 18. ށ.ޅައިމަގު
19.  ށ.މަރޮށި 20. ށ.ކޮމަންޑޫ
21.  ނ.މަނަދޫ 22. ރ.އިނގުރައިދޫ
23.  ރ.އިންނަމާދޫ 24. ރ. ދުވާފަރު
25.  ރ.ކިނޮޅަސް 26. ރ.މަޑުއްވަރި
27.  ރ.މީދޫ 28. ރ.ރަސްމާދޫ
29.  ބ.އޭދަފުށި 30. ޅ.ނައިފަރު
31.  ކ.ދިއްފުށި 32. ކ.ގާފަރު
33.  ކ.ގުޅި 34. ކ.ގުރައިދޫ
35.  ކ.ކާށިދޫ 36. ކ.ތުލުސްދޫ
37.  އއ.ބޮޑުފުޅަދޫ 38. އއ.ތޮއްޑޫ
39.  އދ.ދަނގެތި 40. އދ. ހަންޏާމީދޫ
41.  އދ.މާމިގިލި 42. އދ.މަހިނބަދޫ
43.  އދ.އޮމަދޫ 44. މ.ކޮޅުފުށި
45.  ފ.ދަރަބޫދޫ 46. ފ.ނިލަންދޫ
47.  ދ.ހުޅުދެލި 48. ދ.ކުޑަހުވަދޫ
49.  ދ.މީދޫ 50. ތ.ހިރިލަންދޫ
51.  ތ.ކިނބިދޫ 52. ތ.މަޑިފުށި
53.  ތ.އޮމަދޫ 54. ލ.މާމެންދޫ
55.  ލ.މުންޑޫ 56. ގއ.ގެމަނަފުށި
57.  ގއ.ކޮނޑޭ 58. ގދ.ފިޔޯރީ
59.  ގދ.ގައްދޫ 60. ގދ.ތިނަދޫ
61.  ފުއައްމުލަކު އުތުރު ދާއިރާ 62. ފުއައްމުލަކު މެދު ދާއިރާ
63.  ފުއައްމުލަކު ދެކުނު ދާއިރާ 64. ސ.ފޭދޫ
65.  ހިތަދޫ އުތުރު ދާއިރާ 66. ހިތަދޫ މެދު ދާއިރާ
67.  ހިތަދޫ ދެކުނު ދާއިރާ 68. ސ.ހުޅުދޫ
69.  ސ.މީދޫ 70. ހުޅުމާލެ ދާއިރާ
71.  މެދުހެންވޭރު ދާއިރާ 72. ހެންވޭރު ދެކުނު ދާއިރާ
73.  ހެންވޭރު އުތުރު ދާއިރާ 74. ގަލޮޅު އުތުރު ދާއިރާ
75.  ގަލޮޅު ދެކުނު ދާއިރާ 76. މައްޗަންގޮޅީ އުތުރު ދާއިރާ
77.  މައްޗަންގޮޅީ ދެކުނު ދާއިރާ 78. މާފަންނު އުތުރު ދާއިރާ
79.  މާފަންނު ހުޅަނގު ދާއިރާ 80. މާފަންނު މެދު ދާއިރާ
81.  މާފަންނު ދެކުނު ދާއިރާ 82. ހެންވޭރު ހުނޅަގު ދާއިރާ
83.  މައްޗަންގޮޅީ މެދު ދާއިރާ

ހދ.ނޮޅިވަރަން އަދި ށ.ކޮމަންޑޫގެ ގޮފިން އިންތިޚާބަށް ހުޅުވާލެވިފައިވަނީ ރައީސްގެ މަޤާމުފިޔަވައި ދެންހުރި މަޤާމުތަކެވެ.

 

ދާއިރާ ރައީސުން އަދި ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވާ ތާރީޚު ބަދަލުވުމާއިގުޅޭ

ދާއިރާ ރައީސުންނާއި ގޮފިތަކުގެ  ހިންގާކޮމިޓީގެ އިންތިޚާބު ބާއްވާ ތާރީޚާއިގުޅޭގޮތުން ކުރެވުނު ނަންބަރު:     AP-IUL/2020/04  އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ. އެ އިޢުލާނުގައި އިޢުލާންކުރެފައިވާ ދާއިރާ ރައީސުން އަދި ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ އިންތިޚާބު 19 ޑިސެމްބަރ 2020 ވާ ހޮނިހިރު ދުވަހުބާއްވާ ގޮތައް ފަސްކުރެވިފައިވާ ވާހަކަ ޢާއްމުކޮށް އަންގާ އިޢުލާންކުރަމެވެ.

 

ދާއިރާ ރައީސުން އަދި ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރުމާއިގުޅޭ

ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލުމަށް ކުރެވުނު ނަންބަރު:   AP-IUL/2020/04  އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ. އެ އިޢުލާނުގައި އިޢުލާންކުރެފައިވާ ދާއިރާ ރައީސުން އަދި ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ތާރީޚު 25 ނޮވެމްބަރ 2020 ވާ ބުދަ ދުވަހުގެ 2:00 އަށް މުއްދަތު އިތުރުކުރެވިފައިވާ ވާހަކަ ޢާއްމުކޮށް އަންގާ އިޢުލާންކުރަމެވެ.

 

ދާއިރާތަކާއި އަދި ގޮފިތަކުގެ އިންތިޚާބަށް ހުޅުވާލެވިފައިވާ މަޤާމްތަކަކީ؛

ދާއިރާ ރައީސް

ގޮފީގެ ހިންގާ ކޮމިޓީގެ މަޤާމުތައް:

·      ރައީސް. ·      މީޑިއާ ކޯޑިނޭޓަރ.
·      ނައިބު ރައީސް. ·      ޔުނިޓުތަކުގެ މަންދޫބުން.
·      ސެކްރެޓަރީ. ·      އަންހެނުންގެ ކޮމިޓީގެ ރައީސާ
·      ސެކްރެޓަރީގެ ނައިބު. ·      ޒުވާނުންގެ ކޮމިޓީގެ ރައީސް
·      ޚަޒާންދާރު. ·      މީޑިއާ ކޯޑިނޭޓަރ.

ދާއިރާ ރައީސަކަށް ކުރިމަތިލާ ފަރާތްތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަ ވާންވާނެއެވެ.

  1. ޕާޓީގެ މެންބަރެއް ކަމުގައި ވުން. (ޕާޓީއަށް ވަނުމަށް އެދޭ ފޯމް ފުރުމަށްފަހު، އެ ފޯމަކީ ސައްޙަ ފޯމެއްކަމަށް ޕާޓީގެ ރަޖިސްޓްރަރ ކަނޑައަޅާ ހިނދުން ފެށިގެން އެ މީހަކީ ޢަދާލަތު ޕާޓީގެ މެންބަރެކެވެ.)
  2. ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވެފައިވާނަމަ، ހުކުމް ތަންފީޒުކޮށްނިމުނުތާ 1 އަހަރު ވެފައިވުން.

ގޮފިތަކުގެ ހިނގާ ކޮމިޓީތަކުގެ މަޤާމްތަކަށް ކުރިމަތިލާ ފަރާތްތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަ ވާންވާނެއެވެ.

  1. ޕާޓީގެ މެންބަރެއް ކަމުގައި ވުން. (ޕާޓީއަށް ވަނުމަށް އެދޭ ފޯމްފުރުމަށްފަހު، އެ ފޯމަކީ ސައްޙަ ފޯމެއްކަމަށް ޕާޓީގެ ރަޖިސްޓްރަރ ކަނޑައަޅާ ހިނދުން ފެށިގެން އެ މީހަކީ ޢަދާލަތު ޕާޓީގެ މެންބަރެކެވެ.)

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރަމެވެ. އަދި އެއް މަޤާމު ފިޔަވައި އިތުރު މަޤަމާކަށް އެއްފަހަރާ އެއް ކެނޑިޑޭޓަކަށް ކުރިމަތި ނުލެވޭއެވެ. ޕާޓީގެ އަސާސީ ޤަވާއިދާއި، ޢަދާލަތު ޕާޓީގެ ދާއިރާ ރައީސުންގެ އިންތިޚާބާއި ބެހޭ ޤަވާއިދާއި ޢަދާލަތު ޕާޓީގެ ގޮފިތައް އިންތިޚާބުކުރުމާއި ބެހޭ ޤަވާއިދު ޕާޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ. އިންތިޚާބްތަކާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން އެދޭނަމަ މި ޕާޓީގެ މައި އިދާރާގެ ނަންބަރު: 3342671 އަށް ގުޅުންވުން ނުވަތަ admin@adhaalath.org.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

6 رَبِيْعُ الآخر 1442

21 ނޮވެމްބަރ 2020