އިޢުލާން: ދާއިރާ ރައީސުންގެ އިންތިޚާބުގައި ވޯޓްލާފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން.

އިޢުލާން: ދާއިރާ ރައީސުންގެ އިންތިޚާބުގައި ވޯޓްލާފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން.

ނަންބަރު: AP-IUL/2020/06

ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ އިންތިޚާބުތައް ބޭއްވުމާއި ގުޅޭގޮތުން ކުރެވުނު ނަންބަރު: AP-IUL/2020/03 އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ. އެ އިޢުލާނުގައި އިޢުލާންކުރެފައިވާ އިންތިޚާބުތަކުގެ ތެރެއިން އިންތިޚާބު ބާއްވާގޮތައް ކަނޑައެޅިފައިވާ ދާއިރާތަކުގެ ވޯޓްލާ ފަރާތްތަކުގެ ލިސްޓް ތިރީގައިވާ ލިންކްގައި އާއްމު ކުރެވިފައިވާކަން އިޢުލާންކުރަމަވެ. އަދި މި ލިސްޓަ އެއްވެސް ޝަކުވާއެއް ވާނަމަ މި އިޢުލާނުގައިވާ ލިންކުގައި މިވާ އޮންލައިން ގޫގުލް ފޯމް މެދުވެރިކޮށް 3 ޑިސެމްބާރ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 02:00ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ޗެކްކުރައްވާއިރު ހުރިހާ ފަރާތަތަކުންވެސް ލިސްޓްގައިވާ މޯބައިލް ނަންބަރަކީ އެފަރާތެއްގެ ނަންބަރުތޯ އިތުރަށް ޔަޤީންކޮށްލުމަށް ސަމާލުކަންދެއްވުމަށް ދަންނަވަމެވެ.

ވޯޓާރސް ލިސްޓްގެ ލިންކް: https://bit.ly/3obaCLM

ޝަކުވާ ހުށަހަޅާ ފޯމްގެ ލިންކް: https://forms.gle/nbd3B6fg8qV6o5Ru7

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރަމެވެ. އިންތިޚާބްތަކާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން އެދޭނަމަ މި ޕާޓީގެ މައި އިދާރާގެ ނަންބަރު: 3342671 އަށް ގުޅުންވުން ނުވަތަ admin@adhaalath.org.mvއަށް އީމެއިލް ކުރެއްވުން އެދެމެވެ.

15 رَبِيْعُ الآخر 1442

30 ނޮވެމްބަރ 2020