އިޢުލާން: ދާއިރާ ރައީސުންގެ އިންތިޚާބު ބޭއްވުމާއިގުޅޭ

އިޢުލާން: ދާއިރާ ރައީސުންގެ އިންތިޚާބު ބޭއްވުމާއިގުޅޭ

ނަންބަރު: AP-IUL/2020/07

ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ އިންތިޚާބުތައް ބޭއްވުމާއި ގުޅޭގޮތުން ކުރެވުނު ނަންބަރު: AP-IUL/2020/06 އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ. އެ އިޢުލާނުގައި އިޢުލާންކުރެފައިވާ އިންތިޚާބުތަކުގެ ތެރެއިން އެއް ކެނޑިޑޭޓުންނަށްވުރެ ގިނައިން ކުރިމަތިލާފައިވަނީ ހަމައެކަނި މައްޗަންގޮޅީ މެދު ދާއިރާކަމުގައި ޢާއްމުކޮށް އަންގާ އިޢުލާންކުރަމެވެ. އަދި އިސްވެ ހަވާލާދެވުނު އިޢުލާނުގައި ވާފަދައިން 19 ޑިސެމްބަރ 2020 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް އިންތިޚާބު އޮންނާނެވާހަކަ ދަންނަވަމެވެ.

ދާއިރާ ރައީސުންގެ އިންތިޚާބު 2020ގެ ވޯޓާއިގުޅޭ
މިވަގުތު ދުނިޔެއަށާއި ރައްޖެއަށް ދިމާވެފައިވާ ކޮވިޑް-19ގެ ޙާލަތުގެ ސަބަބުން އެންމެ ރައްކާތެރި ގޮތަކީ އޮންލައިން އިންތިޚާބަކަށް ދިޔުންކަމަށް ފެންނާތީ ދާއިރާ ރައީސުންގެ އިންތިޚާބު 2020 ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އީ-ވޯޓީން މެދުވެރިކޮށް ކަމުގައި ޢާއްމުކޮށް އަންގާ އިޢުލާންކުރަމެވެ. އަދި ކުރިއަށްދާ އިންތިޚާބުތަކުގެ ހުރިހާ ކެނޑިޑޭޓުންވެސް މިކަމަށް ވިސްނުންބަހައްޓައިގެން އިންތިޚާބުގެ ކަންކަނ ކުރިއަށްގެންދިޔުމަށް އިލްތިމާސްކުރަމެވެ.

ދާއިރާ ރައީސުންގެ އިންތިޚާބު 2020ގެ އީ-ވޯޓިންގ އަށް ރެޖިސްޓްރީ ކުރުމާއިގުޅޭ
ދާއިރާ ރައީސުންގެ އިންތިޚާބު 2020 ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އީ-ވޯޓީން މެދުވެރިކޮށް ކަމުގައި ވާތީ މިއިންތިޚާބުގައި ވޯޓްލާ ކޮންމެ ފަރާތެއްގެ މޯބައިލް ނަންބަރު ބޭނުންކުރަން ޖެހޭނެތީ އީ-ވޯޓިންގގައި ވޯޓްލުމަށްޓަކައި ބޭނުންކުރާނެ މޯބައިލް ނަންބަރު ރަޖިސްޓްރީކުރަން ހުޅުވާލެވިފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާންކުރަމެވެ. އަދި މޯބައިލް ނަންބަރު ރަޖިސްޓްރީ ކުރުމަށްޓަކައި މި އިޢުލާނުގައިވާ ލިންކުގައި މިވާ އޮންލައިން ގޫގުލް ފޯމް މެދުވެރިކޮށް ނުވަތަ އައި ޑީކާޑު ކޮޕީއަކާއި އެކު ސިޓީއަކުން އެކަމަށްއެދި 15 ޑިސެމްބާރ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 02:00ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. މި ޕާޓީގެ އީމެއިލް admin@adhaalath.org.mv ނުވަތަ ވައިބާރ ނަންބަރު 9903231 މެދުވެރިކޮށް ވެސް މޯބައިލް ނަންބަރު ރެޖިސްޓްރީ ވުމަށް ހުށައެޅިދާނެއެވެ.
ވޯޓާރސް ލިސްޓްގެ ލިންކް:
https://bit.ly/3obaCLM
މޯބައިލް ނަންބަރު ރަޖިސްޓްރީ ހުށަހަޅާ ފޯމްގެ ލިންކް:
https://forms.gle/wQkX9ZeSutb2ucrp6
މޯބައިލް ނަންބަރު ރަޖިސްޓްރީ ހުށަހަޅާ ސިޓީގެ ޓެމްޕްލޭޓް ޑައުންލޯޑްކުރާ ލިންކް:
https://bit.ly/2Lb06WV

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރަމެވެ. އިންތިޚާބްތަކާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން އެދޭނަމަ މި ޕާޓީގެ މައި އިދާރާގެ ނަންބަރު: 3342671 އަށް ގުޅުންވުން ނުވަތަ admin@adhaalath.org.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.
20 رَبِيْعُ الآخر 1442
5 ޑިސެމްބަރ 2020