އިޢުލާން: ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބަށް ހުޅުވައިލުން

އިޢުލާން: ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބަށް ހުޅުވައިލުން

ނަންބަރު: AP-IUL/2021/01

ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 41.1 ވަނަ މާއްދާގެ (ށ) އަދި 41.3 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން، ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބު 23 ޖަނަވަރީ 2021 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

މިގޮތުން ޕާޓީގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން މި އިޢުލާނާއެކު އެއް ކަރުދާސްކޮށްފައިވާ ފޯމާއި ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުން 9 ޖަނަވަރީ 2021 ވަނަ ދުވަހު 14:00 ގެ ކުރިން ޢަދާލަތު ޕާޓީގެ މައި އޮފީހަށް ހުށައެޅުއްވުން އެދެމެވެ.

  • ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމްގެ ލިންކް:

http://bit.ly/3rJzPzG

  • ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހުންގެ ކުށުގެ ރިކޯޑް ބެލުމަށް އެދޭ ފޯމްގެ ލިންކް:

http://bit.ly/2WZfVmf

 

އިންތިޚާބްތަކާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން އެދޭނަމަ މި ޕާޓީގެ މައި އިދާރާގެ ނަންބަރު 3342671 އަށް ގުޅުއްވުން ނުވަތަ  admin@adhaalath.org.mvއަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

17 جُمَادَى الأُوْلى 1442

01 ޖެނުއަރީ 2021