އިޢުލާން: ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބު 2021 އަށް ކުރިމަތިލީ ފަރާތްތައް

އިޢުލާން: ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބު 2021 އަށް ކުރިމަތިލީ ފަރާތްތައް

ނަންބަރު: AP-IUL/2021/07

ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 41.1 ވަނަ މާއްދާގެ (ށ) އަދި 41.3 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން، ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި 30 ޖަނަވަރީ 2021 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތު 21 ޖަނަވަރީ 2021 ވީ ބުރާސްފަތި ދުވަހުގެ 16:00 އަށް ހަމަވިއިރު މި މަޤާމްތަކަށް އެދި ހުށައަޅާފައިވާ ފަރާތްތައް ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

ކުރިމަތިލީ ފަރާތްތައް

ކެނޑިޑޭޓު ނަންބަރު – 1

ނަމާއި އެޑްރެސް ކުރިމަތިލި މަޤާމް
ނަން: ޑރ. އަޙްމަދު ޒާހިރު ޢަލީ

އައިޑީ ކާޑު ނަންބަރު: A011499

އެޑްރެސް: ދަފްތަރު ނަންބަރު: 2555

ޢަދާލަތު ޕާޓީގެ ރައީސް
ނަން: އަޙްމަދު ނަޝީދު
އައިޑީ ކާޑު ނަންބަރު: A024643

އެޑްރެސް: ދަފްތަރު ނަންބަރު: 3851

ޢަދާލަތު ޕާޓީގެ ނައިބު ރައީސް
(ރަނިންގމޭޓް)

 

ކެނޑިޑޭޓު ނަންބަރު – 2

ކެނޑިޑޭޓު ކުރިމަތިލީ މަޤާމް
ނަން: ޢިމްރާން ޢަބްދުﷲ

އައިޑީ ކާޑު ނަންބަރު: A048136

އެޑްރެސް: މަލްހާރު، މ. ކޮޅުފުށި

ޢަދާލަތު ޕާޓީގެ ރައީސް
ނަން: އަޙްމަދު ޝަރީފް
އައިޑީ ކާޑު ނަންބަރު: A074062

އެޑްރެސް: ގ.އަލިޝާ، މާލެ

ޢަދާލަތު ޕާޓީގެ ނައިބު ރައީސް
(ރަނިންގމޭޓް)

 

ވޯޓުލުމުގެ ޙައްޤު

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ 27 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރާ ބަލައިގަނެފައިވާ، ޕާޓީގެ ކޮންމެ މެންބަރަކަށެވެ. މި އިންތިޚާބުގައި ވޯޓްލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ދަފްތަރުގައި ނަން ހިމެނިފައިވޭތޯ ބެއްލެވުމަށް ނުވަތަ ޝަކުވާ ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 27 ޖެނުއަރީ 2021 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން vote.adhaalath.org.mv  ޒިޔާރަތްކުރައްވާ، ދަފްތަރުގައި ނަން ހިމެނިފައިވޭތޯ ބައްލަވައި އަދި ޝަކުވާއެއް ވާނަމަ އޮންލައިންކޮށް ހުށަހެޅުއްވުން އެދެމެވެ.

އިންތިޚާބާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން އެދޭނަމަ މި ޕާޓީގެ މައި އިދާރާގެ ނަންބަރު 3342671 އަށް ގުޅުއްވުން ނުވަތަ  admin@adhaalath.org.mvއަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

09 جُمَادَى الآخر 1442

22 ޖެނުއަރީ 2021