އިޢުލާން: ޢަދާލަތު ޕާޓީގެ 3 ވަނަ ދައުރުގެ ފަނޑިޔާރުންގެ މަޖިލިސް މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލުން.

އިޢުލާން: ޢަދާލަތު ޕާޓީގެ 3 ވަނަ ދައުރުގެ ފަނޑިޔާރުންގެ މަޖިލިސް މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލުން.

 

ނަންބަރު: AP-IUL/2021/13

ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 20.5 ވަނަ މާއްދާގެ ދަށުން، ޕާޓީގެ 3 ވަނަ ދައުރަށް ފަނޑިޔާރުނގެ މަޖިލީހުގެ މެންބަރުން ހޮވުމަށްޓަކައި، ކުރިއަށް އޮތް ޤައުމީ މަޖިލީހުގައި އޮންނަ ފަޑިޔާރުނގެ މަޖިލީހުގެ މެންބަރުން ހޮވުމުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލެވިފައިވާ ވާހަކަ އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. 3 ވަނަ ދައުރުގައި ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނޭނީ 5 މެމްބަރުންނެވެ. މި މެމްބަރުން ހޮވާނީ މިކަމަށް ކުރިމަތިލާ މީހުންގެ މެދުގައި ޤައުމީ މަޖިލީހުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ފަނޑިޔާރުންގެ މަޖިލީހުގެ މެންބަރަކަށް ވުމަށް ކުރިމަތިލާ ފަރާތްތަކަކީ ޝަރުޢީ ގޮތުން ނުވަތަ ޤާނޫނީ ގޮތުން ނުވަތަ އިޖްތިމާޢީ ގޮތުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ.

 

ވީމާ، ފަނޑިޔާރުންގެ މަޖިލީހުގެ މެންބަރުކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ފޯމް،   11 ފެބުރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 3:00 ގެ ކުރިން، ޢަދާލަތު ޕާޓީގެ މައި އިދާރާއަށް، ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ admin@adhaalath.org.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ފަނޑިޔާރުންގެ މަޖިލީހުގެ މެންބަރުކަމަށް އެދޭ ފޯމްގެ ލިންކް: https://wp.me/a17HRP-Yi

ވީމާ، މި ކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

ކަމާގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން އެދޭނަމަ މި ޕާޓީގެ މައި އިދާރާގެ ނަންބަރު: 3342671 އަށް ގުޅުންވުން ނުވަތަ  admin@adhaalath.org.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

20 جُمَادَى الآخر 1442

02 ފެބުރުއަރީ 2021