އިޢުލާން: ޢަދާލަތު ޕާޓީގެ 3 ވަނަ ދައުރުގެ އަންހެނުންގެ މަޖިލިސް މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލުން.

އިޢުލާން: ޢަދާލަތު ޕާޓީގެ 3 ވަނަ ދައުރުގެ އަންހެނުންގެ މަޖިލިސް މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލުން.

ނަންބަރު: AP-IUL/2020/15

 

ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 24.3 ވަނަ މާއްދާގެ ދަށުން، ޕާޓީގެ 3 ވަނަ ދައުރުގެ އަންހެނުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލަމެވެ. އަންހެނުންގެ މަޖިލީހުގައި ހިމެނޭނީ 21 މެމްބަރުންނެވެ. މި މެމްބަރުން ހޮވާނީ މިކަމަށް ކުރިމަތިލާ މީހުންގެ މެދުގައި ޤައުމީ މަޖިލީހުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

އަންހެނުންގެ މަޖިލީހުގެ މެންބަރަކަށް ވުމަށް ކުރިމަތިލާ ފަރާތްތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަ ވާންވާނެއެވެ.

  1. ޕާޓީގެ މެންބަރެއް ކަމުގައި ވުން. (ޕާޓީއަށް ވަނުމަށް އެދޭ ފޯމް ފުރުމަށްފަހު، އެ ފޯމަކީ ސައްޙަ ފޯމެއްކަމަށް ޕާޓީގެ ރަޖިސްޓްރަރ ކަނޑައަޅާ ހިނދުން ފެށިގެން އެ މީހަކީ ޢަދާލަތު ޕާޓީގެ މެންބަރެކެވެ.)
  2. އަންހެނަކަށް ވުން.

ވީމާ، އަންހެނުންގެ މަޖިލީހުގެ މެންބަރުކަމަށް ޝައުޤުވެރިވާ  ފަރާތްތަކުން  އެކަމަށް އެދި ހުށަހަޅާ ފޯމް، 11 ފެބުރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 3:00 ގެ ކުރިން، ޢަދާލަތު ޕާޓީގެ މައި އިދާރާއަށް، ނުވަތަ އީމެއިލް މެދުވެރިކޮށް ހުށައެހެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ ފޯމު ފޮނުއްވާނީ admin@adhaalath.org.mv އަށެވެ.

އަންހެނުންގެ މަޖިލީހުގެ މެންބަރުކަމަށް އެދޭ ފޯމްގެ ލިންކް: https://wp.me/a17HRP-Yi

ވީމާ، މި ކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

ކަމާގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން އެދޭނަމަ މި ޕާޓީގެ މައި އިދާރާގެ ނަންބަރު: 3342671 އަށް ގުޅުންވުން ނުވަތަ  admin@adhaalath.org.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

20 جُمَادَى الآخرة 1442

02 ފެބުރުއަރީ 2021