އިޢުލާން: ޤައުމީ މަޖިލީހަށް ކަރުދާސް ހުށަހެޅުން

އިޢުލާން: ޤައުމީ މަޖިލީހަށް ކަރުދާސް ހުށަހެޅުން

ނަންބަރު: AP-IUL/2021/18

ޢަދާލަތު ޕާޓީގެ 2 ވަނަ ދައުރު ނިންމައި 3 ވަނަ ދައުރު ފެށުމަށްޓަކައި ބާއްވާ ޤައުމީ މަޖިލީސް، މިއަހުރުގެ މާރިޗް 11 އިން 13 އަށް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި ޤައުމީ މަޖިލިސްގެ އެޖެންޑާގައި ހިމެނޭ އެއް އައިޓްމަކީ ޤައުމީ މަޖިލީހަށް ހުށަހެޅޭ ކަރުދާސްތަކާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުމެވެ.

ވީމާ، ޢަދާލަތު ޕާޓީގެ 3 ވަނަ ޤައުމީ މަޖިލިސްއަށް ކަރުދާސް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. އަދި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 10މާރޗު 2021 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން، ޢަދާލަތު ޕާޓީގެ މައި އިދާރާއަށް، ނުވަތަ އީމެއިލް މެދުވެރިކޮށް ކަރުދާސް ހުށައެހެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ ކަރުދާސް ފޮނުއްވާނީ admin@adhaalath.org.mv އަށެވެ.

ވީމާ، މި ކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

ކަމާގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން އެދޭނަމަ މި ޕާޓީގެ މައި އިދާރާގެ ނަންބަރު: 3342671 އަށް ގުޅުންވުން ނުވަތަ  admin@adhaalath.org.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

16 ރަޖަބު 1442

28 ފެބުރުއަރީ 2021