އިޢުލާން: ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ޤައުމީ މަޖިލީހުން އިންތިޚާބުކުރާ 12 މެމްބަރުންގެ މަޤާމަށް ހުޅުވާޅުން.

އިޢުލާން: ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ޤައުމީ މަޖިލީހުން އިންތިޚާބުކުރާ 12 މެމްބަރުންގެ މަޤާމަށް ހުޅުވާޅުން.

ނަންބަރު: AP-IUL/2021/25

ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 13.1 ގެ (ރ) އާއި 17.2 ގެ (މ)ގެ ދަށުން ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ޕާޓީގެ ޤައުމީ މަޖިލީހުން އިންތިޚާބުކުރަން ޖެހޭ 12 މެންބަރުންގެ މަޤާމަށް ކުރިމަތިލުމަށްޓަކައި ހުޅުވާލައި އާއްމުކޮށް އިޢުލާންކުރަމެވެ.

މި މަޤާމަށް ކުރިމަތިލާ މެމްބަރުންގެ ކިބައިގައި އަންނަނިވި ޝަރުތުތައް ހަމަވާން ވާނެއެވެ.

  1. އުމުރުން 40 އަހަރުވެފައިވުން؛
  2. ޕާޓީގެ މެމްބަރެއްގެ ގޮތުގައި މެދުނުކެނޑި 10 އަހަރުވެފައިވުން،
  3. ޕާޓީގެ ސުލޫކު ކޮމިޓީއިން ފާއިތުވި 3 އަހަރުތެރޭގައި ފިޔަވަޅުއަޅާފައި ނެވުން: އަދި
  4. އިސްލާމީ ޝަރީޢަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކުރިކަން ފާއިތުވި 10 އަހަރުތެރޭގައި ސާބިތުވެފައި ނެތުން.

 

ވީމާ، މި މަޤާމުތަކަށް ޝައުޤުވެރިވާ  ފަރާތްތަކުން  އެކަމަށް އެދި ހުށަހަޅާ، މި އިޢުލާނުގައިވާ ގޫގުލް ފޯމް، 13 މާރޗް 2021 ވާ ހޮނިހިރު ދުވަހުގެ ދުވަހުގެ މެންދުރުފަހުގެ 14:00 ގެ ކުރިން، ފުރުއްވައިލެއްވުން އެދެމެވެ.

ގޫގުލް ފޯމްގެ ލިންކު:https://link.adhaalath.com/12members

ވީމާ، މި ކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

ކަމާގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން އެދޭނަމަ މި ޕާޓީގެ މައި އިދާރާގެ ނަންބަރު: 3342671 އަށް ގުޅުންވުން ނުވަތަ  admin@adhaalath.org.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ

 

 

28 رجب 1442

12 މާރޗް 2021