ޢަދާލަތު ޕާޓީގެ އިސްވެރިން ރައީސް ޔާމީނާއި ބައްދަލުކޮށްފި

ޢަދާލަތު ޕާޓީގެ އިސްވެރިން ރައީސް ޔާމީނާއި ބައްދަލުކޮށްފި

ޢަދާލަތު ޕާޓީގެ އިސްވެރިން ރައީސް ޔާމީނާއި ބައްދަލުކޮށްފިއެވެ.

މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ރައީސް އޮފީހުގައެވެ. މިއަދު މެންދުރު ފަހު ދެ ގަޑިއެއްހާއިރަށް ދެމިގެން ދިޔަ މިބައްދަލުވުމުގައި ސިޔާސީ މަސްރަހުގައި އަދާލަތު ޕާޓީން ކަންބޮޑުވާ ކަންތައްތައް ރައީސް ޔަމީނަށް ވަނީ ދަންނަވާފައެވެ. އަދި ރައީސް ޔާމީންވެސް އެކަންކަމާއި ދެކޭގޮތް ވަނީ ވިދާޅުވެފައެވެ.

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި، އަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފް ހުސެއިނާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ޝެއިޚް މުހައްމަދު ދީދީ އާއި އަލްއުސްތާޒް އަސަދުﷲ ޝާފީ އަދި ޢަދާލަތު ޕާޓީގެ އަމީން އާއްމު އިޔާދު ހަމީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.