ޤުރްއާން އަދި ލީޑަރޝިޕް އާއި ގުޅޭ ވޯކްޝޮޕްގައި ބައިވެރިވުމަށް ހުޅުވާލައިފި

ޤުރްއާން އަދި ލީޑަރޝިޕް އާއި ގުޅޭ ވޯކްޝޮޕްގައި ބައިވެރިވުމަށް ހުޅުވާލައިފި

ޢަދާލަތު ޕާޓީގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޤުރުއާނާއި ލީޑަރޝިޕާއި ގުޅޭ ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ވޯކްޝޮޕް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 21 އޮކްޓޯބަރ 2017 ވާ ހޮނިހިރު ދުވަހު ހެނދުނު 9:00 އިން އެދުވަހު ހަވީރު 5:45 އާއި ހަމަ އަށެވެ. މި ވޯކްޝޮޕްގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޢުލޫތަކަކީ؛
• ކީރިތި ޤުރްއާން – ޑރ. މުޙައްމަދު ޢިޔާޟް (4 ގަޑިއިރު)
• ލީޑަރޝިޕް – އަޙްމަދު ނުޢުމާން (2 ގަޑިއިރު)

މި ވޯކްޝޮޕުގައި ބައިވެރިވުމުގެ ފީ އަކީ 150ރ އެވެ. ވޯކްޝޮޕްގެ ބައިވެރިންނަށް ވޯކްޝޮޕް އޮންނަ ދުވަހުގެ މެންދުރުގެ ކެއުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވެއެވެ. ވޯކްޝޮޕްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ނަމާއި އައިޑީ ކާޑް ނަންބަރު ޖައްސަވާ 9794154 ނަންބަރަށް މެސެޖް ކުރެއްވުމުން ބައިވެރިވުމުގެ އިންތިޒާމް ހަމަޖެހިގެންދެއެވެ.