ޤުރްއާން އަދި ލީޑަރޝިޕް އާއި ގުޅޭ ވޯކްޝޮޕް ބޭއްވުން

ޤުރްއާން އަދި ލީޑަރޝިޕް އާއި ގުޅޭ ވޯކްޝޮޕް ބޭއްވުން

ޢަދާލަތު ޕާޓީގެ ފަރާތުން އިންތިޒާމްކޮށްގެން ޤުރުއާނާއި ލީޑަރޝިޕާއި ގުޅޭ ވޯކްޝޮޕެއް ބާއްވާފިއެވެ. 21 އޮކްޓޯބަރ 2017 ވީ ހޮނިހިރު ދުވަހު ހެނދުނު 9:00 އިން އެ ދުވަހު ހަވީރު 5:45 އާއި ހަމަ އަށް ކުރިޔަށް ގެންދެވުނު މި ވޯކްޝޮޕްގައި ގަޑިތައް ނަންގަވާ ދެއްވީ ޑރ. މުޙައްމަދު ޢިޔާޟް އަދި އަޙްމަދު ނުޢުމާންއެވެ.
ވޯކްޝޮޕްގެ ސަބަބުން ގިނަ މަޢުލޫމާތުތަކެއް އެނގިގެން ދިޔަކަމަށް ވޯކްޝޮޕްގެ ބައިވެރިންގެ ފަރާތުން މަޢުލޫމާތު ލިބެއެވެ. ވޯކްޝޮޕްގެ ބައިވެރިންނަށް ހަނދާނީ ލިޔުން ދެއްވީ މަކުނުދޫ ދާއިރާގެ މެމްބަރު އަލްއުސްތާޛާ އަނާރާ ނަޢީމްއެވެ. މަކުނުދޫ ދާއިރާގެ މެމްބަރު އަލްއުސްތާޛާ އަނާރާ ނަޢީމް ވޯކްޝޮޕްގެ ބައިވެރިންނާއި މުޚާތަބުކޮށް ދެއްކިވާހަގައި މި ފަދަ ވޯކްޝޮޕްތައް އިތުރުކޮށް، އިތުރު ބޭފުޅުންނަށް ބައިވެރިވެވޭނެ ފުރުޞަތު ތަނަވަސްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވެވިއެވެ.