ޢަދާލަތު ޕާޓީގެ ބައެއް ދާއިރާތަކުގެ ރައީސުންގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާ އިންތިޚާބަށް އިޢުލާންކޮށްފި

ޢަދާލަތު ޕާޓީގެ ބައެއް ދާއިރާތަކުގެ ރައީސުންގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާ އިންތިޚާބަށް އިޢުލާންކޮށްފި

ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 28 ވަނަ މާއްދާގެ ދަށުން، ޕާޓީގެ ބައެއް ދާއިރާތަކުގެ ރައީސުން އިންތިޚާބުކުރުމަށްޓަކައި، އިންތިޚާބަށް އިޢުލާންކޮށް، ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. އިންތިޚާބަށް ހުޅުވާލާފައިވަނީ އަންނަނިވި ދާއިރާތަކުންނެވެ.
• ވައިކަރަދޫ ދާއިރާ
• ކުޅުދުއްފުށީ އުތުރު ދާއިރާ
• ކުޅުދުއްފުށީ ދެކުނު ދާއިރާ
• މަކުނުދޫ ދާއިރާ
• އިނގުރައިދޫ ދާއިރާ
• ކާށިދޫ ދާއިރާ
• ކ. ގުރައިދޫ ދާއިރާ
• ފުވައްމުލަކު އުތުރު ދާއިރާ
• ފުވައްމުލަކު ދެކުނު ދާއިރާ
• ހިތަދޫ އުތުރު ދާއިރާ
• ހިތަދޫ ދެކުނު ދާއިރާ
• އައްޑޫ މީދޫ ދާއިރާ
ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 28.7 ވަނަ މާއްދާގައިވާ ގޮތުން، ދާއިރާ ރައީސްކަމަށް ކުރިމަތިލާ ފަރާތްތަކުގައި އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންޖެހެއެވެ.
• މުސްލިމަކު ކަމުގައިވުން
• ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން
• ދިވެހި ރައްޔިތެއް ކަމުގައިވުން
• ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން
• ޕާޓީގެ މެންބަރެއް ކަމުގައިވުން
• ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވެފައިވާނަމަ، ހުކުމް ތަންފީޒުކޮށްނިމުނުތާ 1 އަހަރުފުރިފައިވުން
ދާއިރާ ރައީސުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޕާޓީގެ ހުރިހާ މެމްބަރުންނަށް ހުޅުވާލެވިފައިވަނީ 12 ނޮވެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ މެންދުރު 3:00 ގެ ނިޔަލަށެވެ. އަދި ދާއިރާ ރައީސުންގެ އިންތިޚާބުގައި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ 2 ޑިސެމްބަރ 2017 ވާ ހޮނިހިރުދުވަހުގެ މެންދުރު 2:00 އިން ހަވީރު 5:00 އަށެވެ.