ދާއިރާ ރައީސުންގެ އިންތިޚާބުގައި ވޯޓު ލެވޭ މެމްބަރުންގެ ލިސްޓް ޝާއިޢުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ދާއިރާ ރައީސުންގެ އިންތިޚާބުގައި ވޯޓު ލެވޭ މެމްބަރުންގެ ލިސްޓް ޝާއިޢުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

2 ޑިސެމްބަރ 2017 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޢަދާލަތު ޕާޓީގެ ދާއިރާ ރައީސުންގެ އިންތިޚާބުގައި ވޯޓުލެވޭ ޢަދާލަތު ޕާޓީގެ މެމްބަރުންގެ ލިސްޓް، ޢަދާލަތު ޕާޓީގެ ވެބްސައިޓް www.adhaalath.org.mv ގައި ޝާއިޢުކޮށްފިއެވެ. އަދި މި ލިސްޓުގައިވާ، އެއްވެސް މަޢުލޫމާތަކާއި ބެހޭގޮތުން ޝަކުވާ ހުށަހަޅުއްވަން ބޭނުންވާ ފަރާތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 8 ނޮވެމްބަރ 2017 ވާ ބުދަ ދުވަހުގެ މެންދުރު 3:00 ގެ ނިޔަލަށް ހުޅުވާލައިފާވެއެވެ.
ޝަކުވާ ހުށަހެޅުއްވަމަށް އިންތިޒާމް ހަމަޖައްސާފައިވަނީ “ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމް” މެދުވެރިކޮށެވެ. އަދި މި ފޯމް ޕާޓީގެ ވެބްސައިޓުން ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވެއެވެ.
ދާއިރާ ރައީސުންގެ އިންތިޚާބުގެ ކަންކަން ކުރިޔަށް ގެންދަނީ ޢަދާލަތު ޕާޓީގެ އިންތިޚާބީ ކަންތައްތަކާއި ބެހޭ ކޮމިޓީގެ ބެލުމުގެ ދަށުން، ޢަދާލަތު ޕާޓީގެ ދާއިރާ ރައީސުންގެ އިންތިޚާބާއި ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.