2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2019 ވަނަ އަހަރުގެ އާންމު އިންތިޚާބުގައި ގުޅިފައިވާ ސިޔާސީ ފަރާތްތަކާއެކު ގުޅިގެން ކުރިޔަށް ދިއުމަށް މަޝްވަރާ މަޖިލިހުން އިޤްރާރްވެއްޖެ

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2019 ވަނަ އަހަރުގެ އާންމު އިންތިޚާބުގައި ގުޅިފައިވާ ސިޔާސީ ފަރާތްތަކާއެކު ގުޅިގެން ކުރިޔަށް ދިއުމަށް މަޝްވަރާ މަޖިލިހުން އިޤްރާރްވެއްޖެ

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2019 ވަނަ އަހަރުގެ އާންމު އިންތިޚާބުގައި ގުޅިފައިވާ ސިޔާސީ ފަރާތްތަކާއެކު ގުޅިގެން ކުރިޔަށް ދިއުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުން އިޤްރާރްވެއްޖެއެވެ. މި ގޮތަށް އިޤްރާރްވެފައިވަނީ 10 ނޮވެމްބަރ 2017 ވީ ހުކުރުދުވަހުގެ ރޭ ބޭއްވުނު މަޝްވަރާ މަޖިލިހުގެ 2 ވަނަ ދައުރުގެ 129 ވަނަ ބައްދަލުވުމުގައެވެ.
މަޝްވަރާ މަޖިލިހުގެ ނިންމުމަކީ ދިވެހިރާއްޖެއަށް އަދު ކުރިމަތިވެފައިވާ ނާޒުކު ދަނޑިވަޅުގައި، ދިވެހި ޤައުމާއި ރައްޔިތުންގެ ޙައްޤުތައް އިސްކޮށް، ދިވެހި ޤައުމަށް މެދުވެރިވެފައިވާ މުސީބާތުން ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު އަލުން އަނބުރާ އިޔާދަކުރުމަށްޓަކައި، ބައްދަލުވުމުގެ ވަރަށ ފުރިހަމަ އަޤްލަބިއްޔަތަކުން ނިންމާފައިވާ ނިންމުމެކެވެ.
ޤަރާރް ފާސްކުރެވުނު ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާފައިވަނީ ޕާޓީގެ ރައީސް އަލްއުސްތާޛް ޢަލީ ޒާހިރެވެ.