ޢަދާލަތު ޕާޓީގެ ޤައުމީ މަޖިލީހުގެ މެމްބަރު ތޫބާ ރަޝީދު މިނިވަންކުރުމަށް ޕާޓީގެ ނައިބު ރައީސް ގޮވާލައްވައިފި

ޢަދާލަތު ޕާޓީގެ ޤައުމީ މަޖިލީހުގެ މެމްބަރު ތޫބާ ރަޝީދު މިނިވަންކުރުމަށް ޕާޓީގެ ނައިބު ރައީސް ގޮވާލައްވައިފި

1 ފެބްރުއަރީ 2018 ވަނަ ދުވަހު ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން އިއްވާފައިވާ ހުކުމް ތަންފީޒްކުރުމަށް ދިވެހި ސަރުކާރަށް ގޮވާލުމުގެ ގޮތުން ސުލްޙަވެރިކަމާއެކު ރައްޔިތުން މަގުތަކަށްނިކުމެ ސިލްސިލާކޮށް އަޑުއުފުލަމުން ދާ ދިޔުމުގެ ތެރެއިން 26 ފެބްރުއަރީ 2018 ވަނަ ދުވަހުގެރޭ ޢަދާލަތު ޕާޓީގެ ޤައުމީ މަޖިލިހުގެ މެމްބަރު ތޫބާ ރަޝީދު ހައްޔަރުކޮށްފައިވާތީ، ތޫބާ ރަޝީދު ވަގުތުން މިނިވަންކުރުމަށް ޢަދާލަތު ޕާޓީގެ ނައިބު ރައީސް އަލްއުސްތާޛް ޢަލީ ޒާހިރު ގޮވާލައްވައިފިއެވެ. ނައިބު ރައީސް އަލްއުސްތާޛް ޢަލީ ޒާހިރު މި ގޮތަށް ގޮވާލައްވާފައިވަނީ ތޫބާ ރަޝީދުގެ ހިތްވަރަށް ތައުރީފުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

 

 

ތޫބާ ރަޝީދަކީ މިހާރު ހިނގަމުންދާ އިސްލާހީ ހަރަކާތުގައި ނުގުޑާފަދަ އަޒުމަކާއެކު އެންމެ ކުރީސަފުގައި މަސައްކަތްކުރައްވަމުން ގެންދަވާ ހީވާގި ބޭފުޅެކެވެ.

ތޫބާ ރަޝީދު ހައްޔަރުކުރުމަށްފަހު، މި ވަގުތު ބެހެއްޓިފައިވަނީ ދޫނިދޫ ޖަލުގައެވެ.