އަދާލަތު ޕާޓީ މިތިބީ އިބޫ އަދި ފައިސަލް އާއިއެކު -ވަފީރު

އަދާލަތު ޕާޓީ މިތިބީ އިބޫ އަދި ފައިސަލް އާއިއެކު -ވަފީރު

ގުޅިފައިވާ ޕާޓީތަކުން ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ރަޖިސްޓްރާރ ގެ ނައިބު ހުސެން ވަފީރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އަދާލަތު ޕާޓީގެ ސަޕޯޓު އޮތީ ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަދި ރަނިންމޭޓް ފައިސަލް ނަސީމް އަށް ކަމަށެވެ. އަދި ރައީސް ޔާމީނުގެ ރަނިންމޭޓާއި ބައްދަލުކުރައްވާނެ ވަގުތެއް ނެތް ކަމާއި އެމަނިކުފާނު ކުރިމަތިކުރަން އުޅުއްވާ ކޮންމެ ގޮންޖެހުމަކާ ސާބިތުކަމާއިއެކު ކުރިމަތިލާން އަދާލަތު ޕާޓީން ތިބީ ތައްޔާރަށްކަންވެސް ޔަގީން ކޮށްދެއްވިއެވެ.

ކޯލިޝަން ސަރުކާރެއް ދެމިއެއް ނޯންނާނޭ ބުނަނީ ރާއްޖޭގެ ސިޔާސީ މަސްރަޙުގެ ތަޖުރިބާ ނެތް ބޭފުޅުން ކަމަށްވިދާޅުވެ އަބްދު ﷲ ޔާމީނަށް ތާއިދު ކުރާ ފަރާތްތަކަށް ވަފީރު ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
ޑރ ވަހީދުގެ ސަރުކާރުގެ ކާމިޔާބީގެ މިސާލު ދައްކާ، ރައީސް ޔާމީނުގެ ވެރިކަމުގައި ގާނޫނީ އިމުގެ ތެރެއިން ކަންތައް ނުކުރެވޭ ހަމަޔަށް ދިޔައީ ކޯލިޝަން ރޫޅާލައިގެން މަސައްކަތް ކުރަން އުޅުމުން ކަމަށްވެސް ވަފީރު ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ މިފަހަރުގެ އިންތިހާބުން ނަތީޖާ ދައްކާނީ ރައީސް ޔާމީނު ބަލި ކުރާ މަންޒަރުކަމަށާއި، ވޯޓުން ވައްކަންކުރުމުގެ ފުރުސަތު ނުދީ، މިނިވަން އިންސާފުވެރި ވެރިކަމެއް ހޯދާނެކަމަށް ވަފީރު ވިދާޅުވިއެވެ. އިބޫގެ ވެރިކަމުގައި ތަރައްގީ ގެންނާނީ ޖަޒީރާ ރާއްޖެއެއް ގޮތުގައި ކަމާއި ވައުދު ފުއްދާ، ތެދުވެރި ވެރިކަމެއް ރާއްޖެއަށް ގެނެވޭނެ ކަމުގެ ޔަގީންކަންވެސް ވަފީރު ދެއްވިއެވެ.