ވަކި ފަރުދަކު އަދާލަތު ޕާޓިގެ ނަމުގައި މާލީ މަންފާއެއް ހޯދާފައިވާނަމަ އެކަން އެނގޭނީ ޑރ ޝަހީމަށް – ނަޒީރު

ވަކި ފަރުދަކު އަދާލަތު ޕާޓިގެ ނަމުގައި މާލީ މަންފާއެއް ހޯދާފައިވާނަމަ އެކަން އެނގޭނީ ޑރ ޝަހީމަށް – ނަޒީރު

 

އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުޤައްރިރު އަލީ ނަޒީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަބްދު ﷲ ޔާމީނުގެ ވެރިކަން މަގުއޮޅިގެން ދިޔަފަހުން އަދާލަތު ޕާޓީން ނިންމަވާފައިވާ ކޮންމެ ނިންމުމަކީވެސް ޕާޓީގެ މަޝްވަރާ މަޖިލީހުގައި ފުޅާ ދާއިރާ އެއްގައި މަޝްވަރާ ކުރައްވައިގެން ތަނަވަސް އަގްލަބިއްޔަތުން ނިންމައިފައިވާ ކަންނަން ކަމަށެވެ. އަދި އެކަމާ ގުޅޭ މައުލޫމާތު ވަގުތުން އެއްވެސް ހިފެހެއްޓުމެއް ނެތި މީޑިއާގައި އާންމު ކޮށްފައި ވާނެކަމަށެވެ.

ކޮން ބައެއްކަން ނޭންގޭ ބަޔަކު ޕަބްލިކް ޑޮމެއިންގައި ހުރި މައުލޫމާތު އޮޅުވާލާ، މީޑިއާގައި ދޮގު ޚަބަރު ފަތުރަނީ ރިޔާސީ އިންތިޙާބާއި ދިމާކޮށް ސިޔާސީ ފަރާތްތަކުގެ ސަމާލުކަން ހޯދުމަށް ކަމަށާއި އަދާލަތު ޕާޓީއަށް ލިބޭ ފައިސާއާއި އެ ފައިސާ ޚަރަދު ކުރެވޭގޮތް ބައިނަލްއަގްވާމީ އޮޑިޓް ފާރމައަކުން އޮޑިޓް ކޮށްފައި ކޮންމެ އަހަރަކުވެސް އީސީގައި ފައިލް ކުރައްވަމުން ގެންދާކަމަށް ނަޒީރު ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދު ﷲ އާއި ނައިބު ރައީސް އަލީ ޒާހިރުގެ ލީޑަރޝިޕް ގައި ޕާޓީގެ ހިސާބު ބަލަހައްޓާފައި ވާނީ ގާނޫނާއި އިންޓަނޭޝަނަލް ޕްރެކްޓިސްއާއި އެއް ގޮތަށް ކަމަށެވެ.

އަދާލަތު ޕާޓީގެ ލީޑަރޝިޕަށް ނޭނގި މި ބަޔާންކުރި އުސޫލުގެ ބޭރުން ވަކި ފަރުދަކު ޕާޓީގެ ނަމުގައި މާލީ މަންފާއެއް ހޯދާފައިވާނަމަ އެކަން އެންމެ ރަނގަޅަށް އެނގިވަޑައިންނަވާނީ ޕާޓީގެ އިސް ތަރުޖަމާނުގެ މަގާމާއި ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރުގެ މަގާމާއި އަދި އެ ހައިސިއްޔަތާއިއެކު ވަޒީރެއްގެ ގޮތުގައި ހުންނަވައިގެން އެތެރެއާއި ބޭރުގެ ވިޔަފާރިވެރިންނާއި މުއާމަލާތް ކުރެއްވި އަދާލަތު ޕާޓީގެ ކުރީގެ މެމްބަރ މުހައްމަދު ޝަހީމް އަލީ ސައީދަށް ކަމަށް ނަޒީރު ވިދާޅުވިއެވެ. ވީމާ އެފަދަ ކަމަކަށް ތުހުމަތު ކުރެވޭނަމަ “ތިޔަ ސުވާލު ކުރައްވަން ޖެހޭނީ ޑރ. ޝަހީމްއާ” ކަމަށްވެސް ނަޒީރު ވިދާޅުވިއެވެ.