އަދާލަތު ޕާޓީގެ ނަމުގައި ޝަޚްސު އޮޅުވާލުމުގެ މައްސަލަ ފުލުހަށް

އަދާލަތު ޕާޓީގެ ނަމުގައި ޝަޚްސު އޮޅުވާލުމުގެ މައްސަލަ ފުލުހަށް

ފޮޓޯ: ސޯސަލް މީޑިއާ

 

އަދާލަތު ޕާޓީއަށް ނިސްބަތްނުވާ ބަޔަކު އެޕާޓީގެ ނަމުގައި ނޫސްވެރިންނާ ބައްދަލުކުރި މައްސަލަ ތަޙްޤީޤް ކުރުމަށް ފުލުސް އޮފީހަށް އަދާލަތު ޕާޓީން ހުށަހަޅައިފިއެވެ.

މިހިނގާ އޮގަސްޓްމަހުގެ 13 ވަނަ ދުވަހު އަދާލަތު ޕާޓީގެ އާންމު މެމްބަރުން ކަމަށް ބުނެ އެޕާޓީއަށް ނިސްބަތްނުވާ ބަޔަކު ނޫސްވެރިންނާ ބައްދަލުކޮށް ޕާޓީގެ މެމްބަރުންގެ ނަމުގައި މީޑިއާއަށް މައުލޫމާތު ވަނީ ދީފައެވެ.

މި މައްސަލަ ތަޙްޤީޤްކޮށްދިނުމަށް އެދި ފުލުސްއޮފީހަށް އަދާލަތު ޕާޓީން ފޮނުވާފައިވާ ސިޓީގައި އެޕާޓީގެ ނަމުގައި ޝަޚްސު އޮޅުވާލާފައިވާ 5 މީހެއްގެ ތަފްޞީލުވެސް ފޮނުވާފައެވެ.

އެ 5 މީހުންނަކީ ވ.ތިނަދޫ ރެޑް ހައުސް މުޙައްމަދު ރާޝިދާއި ހއ.މުރައިދޫ އަންގޫރުމާގެ ހުސައިން ރިޔާޟް އާއި ދަފްތަރު ނަމްބަރު 676 އިބްރާހިމް ޝަރާޙާއި ނ.މާފަރު ފަސްމީރު އަޙްމަދު ޙާޝިމެވެ.

އަދާލަތު ޕާޓީން ވިދާޅުވީ އެޕާޓީގެ ޝަޚްސަށް ލިބިގެންވާ ޤާނޫނީ ރައްކާތެރިކަން ނިގުޅައިގަނެ ޤާނޫނުލް އުޤޫބާތުގެ 312 ވަނަ މާއްދާގެ (ހ)(1)(3) އަދި 312 ވަނަ މާއްދާގެ (ހ)(2)(1) އިން ބަޔާންކުރާ ކުށަށް އެ ފަރާތްތަކުން އަރައިގެންފައިވާ ކަމަށެވެ.

އެހެންކަމުން އެފަރާތްތަކާމެދު ޖިނާޢީ ތަޙްޤީގެއް ކޮށްދެއްވުމަށް އަދާލަތު ޕާޓީން ވަނީ ފުލުހުންގެ އޮފީހުގައި އެދިވަޑައިގެންފައެވެ.