ވަގަށްނެގި ފައިސާތައް ވީތަނެއް ހޯދާނަން- އަލީ ޒާހިރު

ވަގަށްނެގި ފައިސާތައް ވީތަނެއް ހޯދާނަން- އަލީ ޒާހިރު

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކޮލޮމްބޯގައި ބޭއްވި ޖަލްސާގައި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ރައީސް ޔާމީނުގެ ސަރުކާރުގައި ކުރައްވާފައިވާ ހުރިހާ ވައްކަމަކަށް ޖަވާބުދާރީ ކުރުވާނެ ކަމަށާއި އަދި ވަގަށްނެގި ހުރިހާ ފައިސާއެއް ހޯދާ، އެ މައްސަލަތައް ބަލާ ހައްލުކުރާނެ ކަމަށެވެ.

މިއަދުގެ ސަރުކާރަކީ ވެވޭ އެއްވެސް ވައުދެއް ފުއްދަން ދަންނަ ސަރުކާރެއް ނޫންކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެންމެ ކުޑަމިނުން 18 އަހަރުގެ ހުރިހާ ޒުވާނުންނަށް ދޭނެކަމަށް ވިދާޅުވި ވަޒީފާތައްވެސް ނުދެވޭކަން އޭނާ ފާހަގަކުރެއްވިއެވެ. މިކަންކަމަށް ހައްލެއް ގެނައުމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު މަސައްކަތް ކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ކޮކްޓެއިލް ކޯލިޝަނެއްގައި ތިއްބެވުމަކީ ލިބޭ ފަޚުރެއްކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. އެއީ ހުރިހާ ލީޑަރުންގެ ހިތްވަރާއި ކެރުން އަދި އަމިއްލައެދުން ކުޑަކަން ދައްކުވާދޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ކޮންމެ ޕާޓީއެއްގެ ލީޑަރަކީވެސް ވަކިން ދިވެހިރާއްޖޭގެ ވެރިކަން ކުރެވޭނެ ފެންވަރު ހުރި ބޭފުޅަކަށް ވާއިރުވެސް ގައުމީ މަސްލަހަތައް ވިސްނަވާ ފަހަށްޖެހުނުކަން އެއީ މި މުސީބާތުން ސަލާމަތްވުމައް އެޅުއްވި ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.

މި ޖަލްސާގައި ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވެފައިވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ ވެސް ހާޒިރުވެވަޑައިންނެވިއެވެ.