އިސްލާމްދީން ނޫން ދީނަކަށް ދިވެހިން ފުރުސަތެއް ނުދޭނެ -އަނާރާ

އިސްލާމްދީން ނޫން ދީނަކަށް ދިވެހިން ފުރުސަތެއް ނުދޭނެ -އަނާރާ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން  ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވީ ދިވެހިންނަކީ ދީނަށް ލޯބިކުރާ ބައެއް ކަމާއި ކޮންމެ ބޭފުޅަކު ވެރިކަމަށް އައިކަމުގައި ވިޔަސް އެހެން ދީނަކައް ފުރުސަތެއް ނުދޭނެކަމަށެވެ. އަދި އެތައް ސަތޭކަ އަހަރެއް ވަންދެން އިސްލާމްދީން ދިވެހި ރާއްޖޭގައި އޮތްކަމަށެވެ. ގުޅިފައިވާ ޕާޓީތަކުގެ މެނިފެންޓޯގައިވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ އިސްލާމް ދީނަށް ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އިސްލާމް ދީނުގެ ކަންކަމަށް ލޮޅުމެއް ނާންނާނެކަމުގެ ޔަގީންކަން ހުރިހާ ރައްޔިތުންނަށް އެކަމަނާ ދެއްވިއެވެ.

މީގެ އިތުރުން އެކަމަނާ ވިދާޅުވީ ދިވެހިންނަކީ މިނިވަންކަމަށް ލޯބިކުރާ ބައެއް ކަމުގައި ވާއިރު މިއަދުގެ ވެރިކަމުގައި އެންމެ ނުރައްކާތެރި ކަމަކަށް ވެފައިވަނީ ގާނޫނު ތަކަށް ބަދަލު ގެނެސްގެން، ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ލައިން ކުރާ މަސައްކަތް ކަމަށެވެ. އަދި ގިނަ ދިވެހިން ބޭނުންވަނީ ބާރުތައް ވަކި ކުރެވިފައިވާ ނިޒާމެއް ކަމަށް އަނާރާ ވިދާޅުވިއެވެ. އެންމެ ބޮޑަށް ރާއްޖޭގައި ރައްޔިތުން ކަންބޮޑުވަނީ ކޮރަޕްޝަންގެ މައްސަލަތަކުގައި ކަމަށާއި ދިވެހިން ބޭނުންވަނީ ކޮރަޕްޝަނާއި ނުލާ ޖަޒީރާވަންތަ ތަނެއްގެގޮތުގައި ގައުމަށް ތަރައްގީ ގެނައުމަށްކަމަށް އެކަމަނާ ވިދާޅުވިއެވެ.

ދީނީ ގޮތުން ބަލާއިރު ވެރިއެއްގެ ހުންނަން ޖެހޭ ދެސިފަ ކަމުގައި އަނާރާ ފާހަގަ ކުރެއްވީ ތެދުވެރިކަމާއި އަމާނާތްތެރިކަމެވެ. ވޭތުވެދިޔަ އަހަރުތަކުގައި ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އާދި ރަނިންގްމޭޓް ފައިސަލް ނަސީމާއި އެކުގައި މަސައްކަތް ކުރި ބޭކަނބަލެއްގެ ހައިސިއްޔަތުން އަނާރާ ވިދާޅުވީ އެދެބޭފުޅުންނަކީވެސް ތެދުވެރި، އަމާނާތްތެރި، މީހުންގެ ވާހަކަ އަޑުއައްސަވާ ބޭފުޅުން ކަމަށެވެ.