އިޢުލާން:ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް ޙާފިޒުން ގެނައުމާއި ގުޅޭ

އިޢުލާން:ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް ޙާފިޒުން ގެނައުމާއި ގުޅޭ

ނަންބަރު: AP-IUL/2019/09
ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް ޙާފިޒުން ގެނައުމާއި ގުޅޭ

މިހިނގާ 1440 ވަނަ އަހަރުގެ ރަމަޟާން މަހު ރާއްޖޭ މިސްކިތްތަކުގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް 50 ޙާފިޒުން ގެނައުމަށް ހަމަޖެހިފައިވާ ވާކަމަށް މިޕާޓީގެފަރާތުން ކޮށްފައިވާ އިޢުލާނު ނަންބަރު:AP-IUL/2019/08 އާ ގުޅޭގޮތުން ދަންނަވަމެވެ.

މިޕާޓީ މެދުވެރިކޮށް ޙާފިޡުން ގެނައުމަށް ޝައުޤުވެރިވާ ފަރާތްތަކުން އިތުރު ފުރުސަތު ދިނުމަށް އެދެމުން ދާތީ އެކަމަށް ފުރުސަތު ދިނުމުގެ ގޮތުން މުއްދަތް އިތުރުކުރެވިފައި ވާވާހަކަ ދަންނަވަމެވެ. އެގޮތުން ޝަޢުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދެވޭނެ އެންމެ ފަހު ތާރީޚަކީ 21 މާރޗު 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 ކަމުގައި އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. ވީމާ ޝަޢުޤުވެރިވާ ފަރާތްތަކުން ދެންނެވުނު ތާރީޚްގެ ކުރިން މިޕާޓީގެ މަރުކަޒީ އިދާރާ (ހ.ފުލިދޫގެ، 3 ވަނަ ފަންގިފިލާ) އަށް ރަސްމީކޮށް އެކަން އަންގަވައި، ފައިސާ ދެއްކެވުން އެދެމެވެ. އަދި މިތާރީޚަށް ފަހު ފައިސާ ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342671، 9903231 ނުވަތަ 7906507 އަށް ގުޅުއްވުން އެދެމެވެ.

7 رَجَبُ ‎ 1440
14 މަރޗް 2019