އެއްގަމުގައި ދުއްވާ އުޅަނދު ވަގައްގެނައުމުގެ މައްސަލައިގައި ހާމަކުންބޮޑު ގޮތެއްގައި ތަހުގީގެއް ހިންގާނެ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން ވިދާޅުވެއްޖެ.

އެއްގަމުގައި ދުއްވާ އުޅަނދު ވަގައްގެނައުމުގެ މައްސަލައިގައި ހާމަކުންބޮޑު ގޮތެއްގައި ތަހުގީގެއް ހިންގާނެ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން ވިދާޅުވެއްޖެ.

އެއްގަމުގައި ދުއްވާ އުޅަނދު ވަގައް ގެނައުމުގެ މައްސަލައިގައި ހާމަކަންބޮޑު ގޮތެއްގައި ތަހުގީގެއް ހިންގާނެ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން ވިދާޅު ވެއްޖެއެވެ .ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން މިހެން ވިދާޅުވީ ކުރެއްވި ޓްވީޓްއެއްގައެވެ.

ވަގަށް ވެހިކަލް އެތެރެކުރާ މައްސަލަ ބަލަން ފެށިއިރު، މިދިޔަ ހަފުތާގައި ވަގަށް އެތެރެކުރި 21 އުޅަނދެއް ހޯދާފައިވާކަމަށް ކަސްޓަމްސްއިން ނެރުނު ބަޔާނުގައި ވެއެވެ. އެ އެއްޗެހި ވަގަށް ގެނައީ ލަކުޑި އެތެރެކުރުމުގެ ނަމުގައެވެ. ކަސްޓަމްސް އިން ބުނިގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ގެނައި ދެ ކޮންޓެއިނަރަކުން ތިން ކާރާއި ދެ ޕިކަޕާއި ދެ ވޭނާއި 14 ސައިކަލް ވަނީ އަތުލައިގެންފަ އެވެ. އެ މައްސަލައާ ގުޅިގެން މިދިޔަ ހަފުތާގައި ނެރުނު ބަޔާނުގައި ވަނީ ކަސްޓަމްސް އިން ފޯރުކޮށްދޭ ހިދުމަތްތަކާއި މުއައްސަސާގެ ނަޒާހަތްތެރިކަން ގާއިމްކޮށް ނެގެހެއްޓުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވެސް ފަސްޖެހުމެއްނެތި އަޅާނެކަމުގެ ޔަގީންކަން ދީފައެވެ.