ގޭގައި އަންހެންވެރިން ކުރާ މަސައްކަތް ބަލައިނުގަތުމަކީ ގޮންޖެހުމެއް: ޝިދާތާ

ގޭގައި އަންހެންވެރިން ކުރާ މަސައްކަތް ބަލައިނުގަތުމަކީ ގޮންޖެހުމެއް: ޝިދާތާ

https://cnm.mv/news-89114.html

ގޭގައި އަންހެންވެރިން ކުރާ މަސައްކަތް ބަލައިނުގަތުމަކީ ގޮންޖެހުމެއްކަމަށް ޖެންޑާ މިނިސްޓްރ ޝިދާތާ ޝަރީފް ވިދާޅު ވެއްޖެއެވެ.
މިނިސްޓަ މިހެން ވިދާޅުވީ ނިއު ދިއްލީ ގައި ރޭގަ އޮތް ސައުތު އޭޝިއާ ވިމެންސް ނެޓްވޯކް (ސްވޯން)ގެ ދިހަ ވަނަ ކޮންފަރެންސްގެ އިފުތިތާހީ ޖަލްސާގައެވެ.

ސަރަހައްދުގައި އަންހެނުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖުހުމަކީ އުޖޫރަ ނުލިބޭ ގޮތަށް ގޭތެރޭގައި ކުރާ މަސައްކަތްތައް މަސައްކަތެއްގެ ގޮތުގައި ބަލައިނުގަތުން ކަމަށާއި ކުދިން ބެލުން، ކެއްކުން، ފޮޅާ ސާފުކުރުން، އަދި ދޮވެ އިސްތިރިކުރުމާއ ފަދަ ގޭތެރޭގައި ކުރާ އެކި ބާވަތްތަކުގެ މަސައްކަތްތަކަކީ އުޖޫރައެއް ލިބުމެއް ނެތި ކުރާ މަސައްކަތް ކަމަށެވެ.
އެކަމަކު އެއީ މަސައްކަތެއް ގޮތުގައި ބެލެވިފައި ނުވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެގޮތަށް އެކަން އޮތް ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެގޮތަށް މަސައްކަތްތައް ނުހިނގާނަމަ މުޖުތަމައުގެ ހިންގުން ހުއްޓި އިގްތިސާދު ފުނޑުފުނޑުވެގެން ދިޔުން ކަމަށެވެ.
.