ބައިނަލް އަޤްވާމީ ޤުރުއާން މުބާރާތެއްގެ ފަޑިޔާރުކަން ކުރުމަށް ޝައިޙް އިލްޔާސް ޙުސައިން މިއަދު މައްކާއަށް ފުރާވަޑައިގަންނަވައިފި

ބައިނަލް އަޤްވާމީ ޤުރުއާން މުބާރާތެއްގެ ފަޑިޔާރުކަން ކުރުމަށް ޝައިޙް އިލްޔާސް ޙުސައިން މިއަދު މައްކާއަށް ފުރާވަޑައިގަންނަވައިފި

 

މައްކާގެ ޙަރަމްފުޅުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކިންގް ޢަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް ޤުރުއާން މުބާރާތުގެ ފަޑިޔާރުކަން ކުރުމަށްޓަކައި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖލީހުގެ ރައީސް އައްޝައިޙް ޢިލްޔާސް ޙުސައިން މިއަދު ހެދުނު ސައޫދީ ޢަރަބިއްޔާއަށް ފުރާއިވަޑައިގެންފިއެވެ. ކިންގް ޢަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް ޤުރުއާން މުބާރާތުގެ 41 ވަނަ މުބާރާތް މައްކާގައި ބޭއްވިގެން ދާއިރު މި މުބާރާތުގައި މިފަހަރު 103 ޤައުމަކުން ބައިވެރިވެފައި ވެއެވެ. 146 ބައިވެރިންނާ އެކު ބޭއްވޭ މިޤުރުއާން މުބާރާތް ކުރިއަށްދާނީ މުޙައްރަމް މަހުގެ 8 ން 11 އަށެވެ. ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮއްލެވޭ މި މުބާރާތުގައި 2018 ވަނަ އަހަރު، 13 ބައިވެރިއަކު އެކި ވަނަތައް ޙާސިލް ކޮށްފައިވެއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ބައިވެރިއާއަށް 67000 ޑޮލަރުގެ އަގުހުރި އިނާމެއް ދީފައިވެއެވެ.