ދިވެހިރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭގޮތަށް ޤާނޫނު އަސާސީއަށް ގެނައި ބަދަލާ ގުޅޭ

ދިވެހިރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭގޮތަށް ޤާނޫނު އަސާސީއަށް ގެނައި ބަދަލާ ގުޅޭ

binmilku

ނަންބަރު: AP/PR/2015/16

ނޫސްބަޔާން

ދިވެހިރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭގޮތަށް ޤާނޫނު އަސާސީއަށް ގެނައި ބަދަލާ ގުޅޭ

الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وأصحابه أجمعين، ومن تبعهم بإحسان إلى يوم الدين.

22 ޖުލައި 2015 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްގެން ދިވެހިރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭގޮތަށް ޤާނޫނު އަސާސީއަށް ގެނައި ބަދަލަކީ އެ ބަދަލުގެ ސަބަބުން ދިވެހި ރާއްޖޭގެ އިސްލާމީ ވަހުދަތަށާއި ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަށް އުނިކަންލިބުމުގެ ފުރުޞަތު އޮތް ބަދަލެއް ކަމުގައި ޢަދާލަތު ޕާޓީއިން ދެކެމެވެ. އަދި މިފަދަ ބަދަލުތައް ޤާނޫނުއަސާސީއަށް ގެނައުމުގެ ކުރިން ވަރަށް ފުންކޮށް ދިރާސާކޮށް އަދި ރައްޔިތުންގެ މެދުގައި ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރެވެންވާނެކަމުގައި ޢަދާލަތު ޕާޓީއިން ދެކެމެވެ. އަދި މިފަދަކަންކަމަކީ އަވަސްއަރުވާލައިގެން، ޙީލަތްތެރި އުކުޅުތައް ބޭނުންކޮށްގެން އަދި ރައްޔިތުން ދީފައިވާ ތާޢީދު ނަހަމަގޮތުގައި ބޭނުންކޮށްގެން ކުރެވިގެންވާނެ ކަންކަން ނޫންކަމުގައި ފާހަގަކުރަމެވެ.

ބޭރުގެ ފަރާތްތަކުން ދިވެހި ރާއްޖޭގައި އިންވެސްޓްކޮށް ދިވެހި ރައްޔިތުންނަށް މަންފާއާއި ދިވެހި ދައުލަތަށް ފައިދާވާހެން ވިޔަފާރިކުރުމަކީ ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް މުހިއްމު ކަމެކެވެ. އެހެންނަމަވެސް ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގައި އިންވެސްޓް ކުރާ ސަރަޙައްދު އެފަރާތްތަކަށް މިލްކުވާފަދަގޮތަކަށް ކަންކަން ކުރުމަކީ ރާއްޖޭގެ ޤައުމީ މަޞްލަޙަތުތަކަށާއި ރާއްޖޭގެ އިޤްތިޞާދަށް އެންމެ މަޞްލަޙަތު ހުރިގޮތްކަމުގައި ޢަދާލަތު ޕާޓީއިން ނުދެކެމެވެ. އަދި ބޭރުގެ ފަރާތްތަކަށް ބިން މިލްކުނުކޮށްދީވެސް ރާއްޖެއަށް ބިޔަ އިންވެސްޓްމެންޓްތައް ގެނެވޭނެ ގިނަ ގޮތްތައް ހުރިކަން ފާހަގަކުރަމެވެ.

ޤާނޫނު އަސާސީއަށް މިގެނެވުނު ބަދަލަކީ މި ދެންނެވި ސަބަބުތަކަށްޓަކައި ޢަދާލަތު ޕާޓީއިން ވަރަށް ބޮޑަށް ކަންބޮޑުވާ ބަދަލުތަކެއްކަމުގައި ފާހަގަކުރަމެވެ. މި ޕާޓީއިން ދެކޭގޮތުގައި ދިވެހިރާއްޖޭގެ އިސްލާމީ ވަހުދަތާއި ދިވެހި ޖުމްހޫރިއްޔާގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމީ ރައްޔިތުންގެ މަޖިލީހުގެ އެންމެ އިސް ޒިންމާއެވެ. ވީމާ ރައްޔިތުންގެ ޙައްޤުގައި މިޒިންމާ އެންމެ ފުރިހަމަގޮތުގައި ޢަދާކުރުމަށް ރައްޔިތުންގެ މަޖިލީހަށް އިލްތިމާސްކުރަމެވެ.

وَصَـلَّى اللَّهُ وَسَلَّمَ وَبَارَكَ عَلى سَيِّدِنَا مُـحَمَّدٍ، وَعَلى آلِهِ وَصَحْبِهِ أَجْـمَعِيْنَ.

07 ޝައްވާލް 1436

23 ޖުލައި 2015

 

ޚަބަރު ފަތުރާ ވަސީލަތްތައް

 

 

[pdf-embedder url=”http://www.adhaalath.org.mv/wp-content/uploads/2015/07/Noos-bayan-Bin-Milku-kurumaa-gulhey-23.7.15.pdf”]