ނޫސް ބަޔާން: އަލްއުސްތާޛު ޢަލީ ޒާހިރު ޢަބްދުލް މަންނާނު އަށް ޢަދާލަތު ޕާޓީގެ ނައިބު ރައީސްކަން ހަވާލުކުރުން

ނޫސް ބަޔާން: އަލްއުސްތާޛު ޢަލީ ޒާހިރު ޢަބްދުލް މަންނާނު އަށް ޢަދާލަތު ޕާޓީގެ ނައިބު ރައީސްކަން ހަވާލުކުރުން

 

ނަންބަރު: AP-PR-2015-17

ނޫސް ބަޔާން

އަލްއުސްތާޛު ޢަލީ ޒާހިރު ޢަބްދުލް މަންނާނު އަށް ޢަދާލަތު ޕާޓީގެ ނައިބު ރައީސްކަން ހަވާލުކުރުން

 

2 ނޮވެމްބަރ 2014 ވީ ހޯމަ ދުވަހު ޢަދާލަތު ޕާޓީގެ ނައިބު ރައީސް ކަމުގެ މަޤާމުން ޑރ. މަޢުރޫފު ޙުސައިން އިސްތިއުފާދެއްވުމާގުޅިގެން، މި ޕާޓީގެ އަސާސީ ޤަވާޢިދުގައި ވާގޮތުގެމަތިން، މަޝްވަރާ މަޖިލީހުގެ 2 ވަނަ ދައުރުގެ 93 ވަނަ ޖަލްސާގެ ތަނަވަސް އަޣްލަބިއްޔަތުން، އަލްއުސްތާޛު ޢަލީ ޒާހިރު ޢަބްދުލް މަންނާނު (މާހުގެ، ޏ. ފުވައްމުލައް) ވަނީ ޢަދާލަތު ޕާޓީގެ ނައިބު ރައީސްގެ މަޤާމަށް ޢައްޔަންކުރެވިފަ އެވެ. ވީމާ މި ވާހަކަ ޢަދާލަތު ޕާޓީގެ ލޮބުވެތި މެންބަރުންނާއި އެންމެހާ ދިވެހި ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ޢަދާލަތު ޕާޓީއަށް ކުރިމަތިވެފައިވާ މި ނާޒުކު ވަގުތުގައި ޕާޓީގެ ޢާންމު މެންބަރުން ބޭނުންވާ މިސްރާބަށް ޕާޓީގެންގޮސް، ޕާޓީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމުގެ ޤާބިލްކަން ޕާޓީގެ އައު ނައިބު ރައީސް އަލްއުސްތާޛު ޢަލީ ޒާހިރު ޢަބްދުލް މަންނާނުގެ ކިބާގައި ހުރިކަމަށް މި ޕާޓީން ޤަބޫލުކުރަމެވެ. ހަމައެހެންމެ ޕާޓީގެ ރައީސް ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ ނުޙައްޤުން ބަންދުކުރެވިފައިވާ މިދަނޑިވަޅުގައި، ކީރިތި ﷲގެ ވާގިފުޅާއެކު ޕާޓީގެ މައުޤިފް ހިފަހައްޓާ ޕާޓީއަށް އިތުރު ކުރިއެރުން ގެނެސްދެއްވުމުގައި އެމަނިކުފާނު ދެމިހުންނަވާނެކަންވެސް ޔަޤީންކުރަމެވެ.

އަދި މިފުރުޞަތުގައި ޢަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް ޑރ. މަޢުރޫފު ޙުސައިން ނުހަނު އުނދަގޫ ވަގުތުތަކުގައި ޕާޓީއަށް ކޮށްދެއްވާފައިވާ ގިނަގުނަ ޚިދުމަތްތަކުގެ އަގުވަޒަންކޮށް އެމަނިކުފާނަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

8 ނޮވެމްބަރ 2015

26 މުޙައްރަމް 1437

[pdf-embedder url=”http://www.adhaalath.org.mv/wp-content/uploads/2015/11/AP-PR-2015-17.pdf”]
Download PDF