ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ނައިބު ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް އަލުން އަނބުރާ އިޔާދަކުރުމަށް ގޮވާލުން

ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ނައިބު ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް އަލުން އަނބުރާ އިޔާދަކުރުމަށް ގޮވާލުން

ނޫސް ބަޔާން

ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ނައިބު ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް އަލުން އަނބުރާ އިޔާދަކުރުމަށް ގޮވާލުން

ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ނައިބު ޑރ. މުޙައްމަދު ޖަމީލު އަޙުމަދު މަޤާމުން ވަކިކުރުމަށްޓަކައި 21 ޖުލައި 2015 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާއި، އެވޯޓާ ގުޅޭ ގޮތުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި، އަދި އެވޯޓާ ހަމަޔަށް ވާޞިލުވުމަށްޓަކައި ޤާނޫނީ އޮނިގަނޑަށް ގެނެވުނު ބަދަލުތަކަކީ އެކަންކަމުގެ ޤާނޫނީ ޙައިޞިއްޔަތާމެދު ޢަދާލަތު ޕާޓީން އަބަދުވެސް ކަންބޮޑުވާ ކަންކަމެވެ. ޢަދާލަތު ޕާޓީން ދެކޭގޮތުގައި މިދެންނެވި ކަންކަމުގައި ޤާނޫނީގޮތުން ކޮންމެހެން ފުރިހަމަވުން ލާޒިމު ބައެއް އިޖުރާޢަތްތައް ފުރިހަމަވެފައެއް ނުވެއެވެ.
ކަންމިހެން އޮތްހިނދު، ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ނައިބު ޑރ. މުޙައްމަދު ޖަމީލު އަޙުމަދު މަޤާމުން ވަކިކުރުމަށްޓަކައި ނެގި ވޯޓަށް ސަރުކާރުގެ ތެރެއިން، ރިޝްވަތުގެ ވާސިޠާއިން، ނުފޫޒު ފޯރުވާފައިވާކަން 4 ފެބްރުއަރީ 2016 ވަނަ ދުވަހު، ދިވެހި ސަރުކާރުގެ ދާޚިލީ ވަޒީރު ހާމަކުރައްވާފައި ވީހިނދު، އަދި ދާޚިލީ ވަޒީރަކީ މިފަދަ ޖިނާޢީ މައްސަލަތައް ބަލާ ތަޙުޤީޤުކުރުމުގެ ޤާނޫނީ ޒިންމާ މަތިކުރެވިފައިވާ އެންމެ ބޮޑު އެއް މުއައްސަސާކަމަށްވާ ދިވެހި ފުލުހުންގެ މުއައްސަސާ އެ ވަޒީރުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނިފައިވާ ވަޒީރުކަމަށް ވީހިނދު، ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ނައިބު ޑރ. މުޙައްމަދު ޖަމީލު އަޙުމަދު މަޤާމުން ވަކިކުރުމަށްޓަކައި ނެގުނުވޯޓަށް ރިޝްވަތުގެ ނާޖާއިޒު ނުފޫޒު ފޯރާފައިވާތީ،
މިކަމަކީ ‘އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަޞްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެނެއް ނުވާނެ’ ކަމަށް ކަނޑައަޅާފައި އޮންނަ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި ‘ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު، ނުވަތަ އެއިން މެންބަރެއްގެ މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވެދޭ އެއްވެސް މުވައްޒަފަކު، މަޤާމުގެ ޙައިޘިއްޔަތުން އެއިން މީހަކަށް ލިބިފައިވާ މަޢުލޫމާތެއްގެ ނުވަތަ އެއިން މީހަކު އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒް ފައިދާއެއް ނުވަތަ ނާޖާއިޒް މަންފާއެއް ޙާޞިލްކުރުމަށް ނުވަތަ އެހެން މީހަކަށް އެފަދަ ފައިދާއެއް ނުވަތަ މަންފާއެއް ހޯދައިދިނުމަށް ބޭނުންކޮށްގެނެއް ނުވާނެ’ ކަމަށް ބަޔާންކޮށްފައިވާ ޤާނޫނުއަސާސީގެ 103 ވަނަ މާއްދާއާއި ‘ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އިންތިޚާބުވެފައިވާ ނުވަތަ ޢައްޔަންކުރެވިފައިވާ މީހަކު، މެންބަރުކަމުގެ ޙައިސިއްޔަތުން ކަމެއް ކުރުމަށްޓަކައި ނުވަތަ ނުކޮށް ދޫކޮށްލުމަށްޓަކައި، އެމީހަކު އަމިއްލައަށް، ނުވަތަ އެހެންމީހަކު މެދުވެރިކޮށް، ނުވަތަ އެހެންމީހެއްގެ ފަރާތުންވިޔަސް، ރިޝްވަތު ހިފުމާއި، ރިޝްވަތު ލިބިގަތުމަށް އެދުމާއި، ލިބިގަތުމަށް އެއްބަސްވުމާއި، މެންބަރުކަމުގެ ޙައިސިއްޔަތުން ކަމެއްކުރުވުމަށް، ނުވަތަ ނުކުރުވުމަށް، ނުވަތަ މިއިންކަމަކަށް ޝައުޤުވެރި ކުރުމަށް، ނުވަތަ މިއިންކަމެއް ކުރުމުން ދޭ އިނާމެއްގެ ގޮތުން، ނުވަތަ މިނޫންގޮތަކުންވިޔަސް ރިޝްވަތު ދިނުމާއި، ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ދިނުމަށް އެއްބަސްވުމަކީ، ކުށެއް’ ކަމަށް ކަނޑައަޅާފައިވާ (ޤާނޫނު ނަންބަރު 2/2000) ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާއި އަދިވެސް މިފަދަ އެހެން ޤާނޫނީ މަސްދަރުތަކާ ޚިލާފު ކަމަކަށް ވާތީ،
ޤާނޫނާ ޚިލާފު ކަންކަމުގެ ތެރެއިން އުފެދިގެން އަންނަ ކޮންމެ ނަތީޖާ އަކީ ޤާނޫނީ އެއްވެސް ޙައިސިއްޔަތެއް ނެތް ބާޠިލު ކަމަކަށް ވާތީ، 21 ޖުލައި 2015 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުން ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ވަކިކުރުމަށް، ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓަކީ، ދާޚިލީ ވަޒީރު ހާމަކުރައްވާފައިވާ މަޢުލޫމާތުގެ އަލީގައި، ބާޠިލު ވޯޓެއްކަން އެނގެން އޮތަތީ އާއި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކު ނެތި އެކަށީގެންވާ މިންވަރަށްވުރެ ގިނަ ވަގުތު ވޭތުވެފައިވާތީ، ދިވެހި ދައުލަތަށް މެދުވެރިވަފައިވާ ޤާނޫނީ ހުސްކަމުންނާއި އަދި މެދުވެރިވެދާނެ އިތުރު ޤާނޫނީ އަރައިރުންތަކުން ދިވެހިރާއްޖެ ސަލާމަތް ކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުގެދަށުން، އިސްވެދެންނެވި ވޯޓާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހާއި އެހެނިހެން މުއައްސަސާތަކާއި ފަރުދުން ނިންމާފައިވާ ނިންމުންތަކާއި ކޮށްފައިވާ ކަންކަން ބާޠިލުކޮށް، އެ ވޯޓުގެ ކުރިން އޮތް ޙާލަތު އަނބުރާ އިޔާދަކުރުމަށްޓަކައި، ޑރ. މުޙައްމަދު ޖަމީލު އަޙުމަދު، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް އަލުން އަނބުރާ އިޔާދަކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ގޮވާލަމެވެ.
ހަމައެހެންމެ، އެ ވޯޓުގައި ބައިވެރިވެ، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުން ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ވަކިކުރުމަށް ވޯޓު ދެއްވި 78 މެންބަރުންގެ ތެރެއިން، އެއްވެސް މެންބަރަކު ތަފާތުނުކޮށް، ސަރުކާރުގެ ވެރިންގެ ފަރާތުން ރިޝްވަތު ހިފި މެންބަރުންނާއި ރިޝްވަތު ދިން މީހުންނާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލަމެވެ.
އަދި ދަންނަވަމެވެ. ރައީސުލްޖުމްހޫރިއްޔާއާ ގުޅުންހުރި އަދި ސަރުކާރުގެ އެންމެ މަތީފަންތީގައި ހިންގަމުންގެންދާ ކަރަޕްޝަނާ ފަސާދައިގެ ޢަމަލުތައް، ދާޚިލީ ވަޒީރު ޢާންމުންނާ ހަމަޔަށް ތިލަކޮށްދެއްވުމަކީ، އަނިޔާވެރިކަމާއި ކަރަޕްޝަނާއި ފަސާދައިން ދިވެހިރާއްޖެ ސަލާމަތްކުރުމަށްޓަކައި ޢަދާލަތު ޕާޓީ އާއި އަދި ގުޅިފައިވާ ސިޔާސީ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތަށް ލިބުނު ނުހަނުބޮޑު ހިތްވަރެއް ކަމުގައި ފާހަގަކުރަމެވެ.

6 ފެބްރުއަރީ 2016

[pdf-embedder url=”http://www.adhaalath.org.mv/wp-content/uploads/2017/01/APPR201604-Dr.-Jameelge-maqaam-iaadha-kurumaai-gulhey.pdf”]
Download PDF