ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުގެ ހުސްވެފައިވާ މަޤާމްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުގެ ހުސްވެފައިވާ މަޤާމްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުގެ 6 މަޤާމެއް ހުސްވެފައިވާތީ މި މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ޢަދާލަތު ޕާޓީގެ މެމްބަރުންނަށް ޢާއްމުކޮށް ހުޅުވާލައިފިއެވެ.
މަޝްވަރާ މަޖިލިހަށް ކުރިމަތިލުމަށް ހުޅުވާލެވުނު މަޤާމްތަކަކީ ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 17.2 ވަނަ މާއްދާގެ (މ) ގެ ދަށުން ޕާޓީގެ ޤައުމީ މަޖިލިހުން މަޝްވަރާ މަޖިލިހަށް އައްޔަންކޮށްފައިވާ 12 މަޤާމުގެ ތެރެއިން އެކިއެކި ސަބަބުތަކާއި ހުރެ ހުސްވެފައިވާ މަޤާމްތަކެވެ. މި މަޤާމްތަކަށް ކުރިމަތި ލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް މަޤާމަށް ކުރިމަތިލެއްވުމަށް އެދޭ ފޯމް ހުށަހެޅުމަށް ދެވިފައިވާ އެންމެ ފަހު ތާރީޚަކީ 8 ނޮވެމްބަރ 2017 ވާ ބުދަ ދުވަހުގެ މެންދުރު 3:00 އާއި ހަމައަށެވެ.
މަޝްވަރާ މަޖިލިހަކީ ޢަދާލަތު ޕާޓީގެ ސިޔާސަތުތައް ކަނޑައަޅާ ޕާޓީގެ އެންމެ މުހިންމެ އެއް ރުކުނެވެ.