ޢަދާލަތު ޕާޓީ

ޢަދާލަތު ޕާޓީ

“ޢަދާލަތު ޕާޓީ” އަކީ ދިވެހިރާއްޖޭގައި ފަނޑުވަމުންދާ އިސްލާމީ ޘަޤާފަތާއި، ޙަޟާރަތު ދެމެހެއްޓުމަށްޓަކައި، އަދި އަޅުގަނޑުމެންގެ ތެރޭގައި ދީނީ ރޫޙް އާލާކުރުމުގެގޮތުން ޢަމަލީ ސިފައެއްގައި މަސައްކަތްކޮށް، ފިތުނަފަސާދައާއި، ލާދީނީ އޮއިވަރުތަކުން ދިވެހި މުޖްތަމަޢު ސަލާމަތްކުރުމަށް މަސައްކަތްކުރުމަށާއި، އިޤްތިޞާދީ ފުދުންތެރިކަން ޢަދުލުވެރިގޮތުގައި ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމުގެ ބޭނުމުގައި އުފައްދާފައިވާ ޕާޓީއެކެވެ. މި ޕާޓީގައި އިސްނަންގަވައިގެން އުޅުއްވަނީ ރާއްޖޭގައި ތިއްބެވި ވަރަށް ގިނަ ދީނީ ޢިލްމުވެރިންނެވެ. ރަސްމީގޮތުން މިޕާޓީ ރަޖިސްޓްރީ ކުރެވުނީ 2005ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.