ޝައިޚް އިމްރާ ޢަބްދުالله
އައްޝައިޚް އިމްރާން ޢަބްދުالله އަކީ ކުޑައިރުއްސުރެ ތަޢުލީމަށް ލޯބިކުިރެއްވި މަސައްކަތްތެރިއެކެވެ. އުފަން ރަށް ކަމަށްވާ މ. ކޮޅުފުށިން ގްރޭޑް 07 ގެ ނިޔަލަށް އުނގެނުމަށްފަހުު, ބައްޕާފުޅާއެކު މަސްވެރިކަން ކުރެއްވިއެވެ. އެގޮތުގައި ދުވަސްތަކެއް ވުމަށްފަހުު, އިތުރަށް ތަޢުލީމް ޙާޞިލްކުރުމުގެ ގޮތުން މާލެ ވަޑައިގެންނެވިއެވެ.. އަދި ހޮޓަލެއްގެ ކޭޝިއަރކަން ކުރައްވަމުން އިސްލާމް ޓީޗިންގ ސެޓްފިކެޓް ހާސިލުކުރެއްވިއެވެ. އެއަށްފަހު މަޖީދިއްޔާ ސްކޫލްގެ އިސްލާމް މުދައްރިސެއްގެ ވަޒީފާ 04 އަހަރު އަދާކުރެއްވިފަހުން ރާއްޖެއިން ބޭރުން ކިޔެވުމުގެ ފުރުސަތު ލިބިވަޑައިގަތުމާާއެކު, އެފުރުސަތުގެ ބޭނުން ހިއްޕަވާ ޕާކިސްތާނުގެެ އަލް އިމާމް އަބޫ ޙަނީފާ ހަޔަރ އިންސްޓްޓިއުޓް ފޮރ ޓީޗަރސްއަށް ވަޑައިގެން ޑިޕްލޮމާ އިން ޝަރީޢާ ޙާޞިލްކުރެއްވިއެވެ. އެއަށްފަހު މަދީނާގެ އިސްލާމިކް ޔުނިވަރސިިޓީއިން ބެޗެލަރސް އިން ޝަރީޢާއާއި، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިޔާއިން މާސްޓަރސް އޮފް ކޮމްޕެރެޓިވް ލޯސް ޙާޞިލްކުރެއްވިއެވެ.
ސިޔާސީ ޙަޔާތް
ޝައިޚް އިމްރާން ސިޔާސީ މަސައްކަތަށް ނުކުންނެވީ 2005 ވަނަ އަހަރު ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިން އިސްވެ ތިއްބަވައިގެން ސިޔާސީ ޕާޓީއެއް އުފައްދަވަން ބޭއްވެވި ސައްލާތަކުގެ ތެރެއިންނެވެ. މިގޮތުން އަލްމަރްޙޫމް ޑރ. ޢަބްދުލް މަޖީދް ޢަބްދުލް ބާރީ އާއި އެނޫން ޢިލްމުވެރިންގެ އަރިހުގައި ކުރެއްވި މަސައްކަތުން ރާއްޖޭގައި 3 ވަނަ އަށް އުފެދުނު ޕާޓީ ޢަދާލަތު ޕާޓީގެ ފައުންޑަރ މެންބަރެއްގެ ގޮތުގައި ޝައިޚް އިމްރާން ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތެވެ. ޢަދާލަތު ޕާޓީގެ އަމީން ޢާއްމުގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު, 2011 ވަނަ އަހަރު ޕާޓީގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތެވެ. ޝައިޚް އިމްރާން އިސްވެ ހުންނަވާ ކުރިއަށް ގެންދެވި ސިޔާސީ ހަރަކާތްތަކުގެ ތެރޭގައި 23 ޑިސެމްބަރުގެ މުޒާހަރާއާއި މޭޑޭ މުޒާހަރާ ހިމެނެއެވެ. އަދި “ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް” ހަރަކާތުގެ އިސްދައުރެއް އެމަނިކުފާނު އަދާކުރެއްވިއެވެ. މީގެ އިތުރުން, މޭޑޭ މުޒާހަރާގައި ފާޅުކުރެއްވި ޚިޔާލުފުޅުތަކާއި ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް ޝައިޚް އިމްރާނަށް އިއްވިއެވެ. ޖަލުގައި 3 އަހަރާ ބައި ހޭދަ ކުރެއްވުމަށް ފަހު ޝައިޚް އިމްރާން މިނިވަންވެ ވަޑައިގެންނެވީ 2018 ވަނަ އަހަރު އިންތިޚާބުވި ސަރުކާރުގެ އެއް ލީޑަރުގެ ގޮތުގައެވެ.
މަސައްކަތު ތަޖުރިބާ
މަސްވެރިއެއްގެ ގޮތުގައި މަސައްކަތުގެ މާޙައުލަށް ނިކުންނެވިި ޝައިޚް އިމްރާން ވަނީ ގިނަ ދާއިރާތަކެއްގައި ވަޒީފާ އަދާކުރައްވާފައެވެ. މިގޮތުން ތަޢުލީމު ފެތުރުއްވުމާއި، ދީނީ ދަރުސް އަދި ނަސޭހަތް ދެއްވުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން މަޖީދިއްޔާ ސްކޫލްގެ ޓީޗަރެއްގެ ވަޒީފާއާއި, މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އެސިސްޓެންޓްް ލެކްޗަރަރ ކަން ކުރެއްވިއެވެ. އަދި ޢަދާލަތު ޕާޓީގެ ސެކެޓްރީ ޖެނެރަލް ކަމާއި, ރައީސް ކަން ކުރެއްވިއެވެ. ނިމިދިޔަ ސަރުކާރުގެ މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ މަޤާމް ޝައިޚް އިމްރާން އަދާކުރެއްވިއިރު އެމަނިކުފާނުގެ ވަޒީރު ކަމުގެ ދައުރަކީ ފެހި ޤާނޫނު އަސާސީގެ ޙަޔާތުގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ހޯމް މިނިސްޓަރަކަށް ވެވަޑައިގެންނެވުމުގެ އިތުރުން, މިހާތަނަށްް ދިވެހިރާއްޖޭގައި މަސްތުވާތަކެތި އެންމެ ގިނަ ޢަދަދަކަށް އަތުލައިގަތް ދައުރެވެ. އަދި އޭގެ ކުރީ ދައުރާ އަޅާ ބަލާއިރު މީހުން މެރުމާ، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުންފަދަ ބޮޑެތި ކުށްތައް އެތައް ގަނައަކަށް މަދު ކުރެވުނު ދައުރެކެވެ. ޝައިޚް އިމްރާން ވަނީ ވަޒީރު ކަމުގެ އިތުރުން, ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ބޯޑުގެ ރައީސް ކަމާއި މަސްތުވާތަކެއްޗާއި ޑްރަގް އަދި ބިދޭސީންނާ ގުޅުންހުރި ޤައުމީ ކޮމިޓީތަކުގެ މެންބަރުކަން ކުރަައްވާފައެވެ.
މަކުނުދޫ ދާއިރާއަށް ޝައިޚް އިމްރާން ގެންގުޅުއްވާ ތަޞައްވުރު
ޢަދާލަތު ޕާޓީގެ އުފެދުނީއްސުރެ, މަކުނުދޫ ދާއިރާ އަކީ ޕާޓީ އަށް އެންމެ ޚިދުމަތްތެރި ބޭފުޅުން ތިއްބެވި، އަދި ޕާޓީގެ ހަރަކާތްތައް އެންމެ އެދެވޭ ގޮތެއްގައި ހިންގާ އެއް ދާއިރާއެވެ. ޝައިޚް ޢިމްރާނަކީ މަކުނުދޫ ދާއިރާގެ 3 ރަށާ ވަރަށް ގާތް ގުޅުމެއް ބާއްވަވާ، ޢާއިލީ ގޮތުން މަކުނުދޫއާ ގުޅިފައިވާ، ނޭކުރެންދޫ އަދި ކުމުންދޫއަށް ފަރިތަ ބޭފުޅެކެވެ. މި ދައުރުގެ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައްގެންފިނަމަ ޝައިޚް އިމްރާންގެ އަމާޒަކީ ރަށުގައި ތިބެގެން އެކަށީގެންވާ ތަޢުލީމާއި ބޭސްފަރުވާ ލިބުމަށް ހުރި ދަތިތައް ޙައްލުކުރުމަށް މަސައްކަތްކޮށް، މަސައްކަތްތެރި ޒުވާން ޖީލެއް އުފެއްދުމާއި, ކަނބަލުންނަށް އާމްދަނީ ހޯދޭނެ މަގުތަކެއް ކޮށައިދިނުމެވެ. އަދި އިސްރަށްވެހިންގެ ބައިވެރިވުން ދާއިރާގެ ކަންކަމުގައި ހޯދާނެ ކަމުގެ ޔަޤީންކަން ޝައިޚް އިމްރާން ދެއްވައެވެ. ޒުވާނުންނަށް ކުޅިވަރުގެ އައު ފުރުސަތުތައް ފަހި ކޮށްދެއްވުމަށްް މިހާރުވެސް ޝައިޚް އިމްރާންގެ އެހީތެރިކަން ދަނީ ލިބެމުންނެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުން ދާއިރާގެ ދަރީންނަށް އުނގެނުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކޮށްދެއްވުމަކީީ ޝައިޚްގެ ވަޢުދެކެވެ.
ޝައިޚް އިމްރާން އަށް ވޯޓު ދެއްވާ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަކުނުދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންގެ ތެރެއިން, ޤައުމީ ޚިދުމަތުގެ ތަޖުރިބާއާއި, ތަޢުލީމީ ޤާބިލުކަމާއި, ކެރިގެން ކުރިމަތިލާން ޖެހުނު ކޮންމެ ކަމެއްގައި ކުރިމަތިލައި، ޤައުމަށްޓަކައި ވާންޖެހުނު ކޮންމެ ޤުރުބާނީ އެއް ވުމުގެ އެންމެ ފަޚުރުވެރި މާޒީއެއް އޮތް ކެނޑިޑޭޓަކީ ޝައިޚް އިމްރާން އެވެ. އަދި ރައްޔިތުންނާ ގުޅޭ, ސިޔާސީ މަސައްކަތަށް އަހުލުވެރި ކެނޑިޑޭޓެއްގެ ހައިސިއްޔަތުން ޝައިޚްގެ އެދުމަކީ 21 އޭޕްރީލް 2024 ވަނަ ދުވަހު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަކުނުދޫ ދާއިރާގެ ރައްޔިތުން ކެނޑިޑޭޓް ނަންބަރު 2 އިމްރާން ޢަބްދުالله އަށް ވޯޓު ދެއްވުމެވެ.