އިސްމާޢީލް ޢަލީ

އިޖްތިމާޢީ މަސައްކަތާ ވިޔަފާރީގެ ދާއިރާގައި މިވަގުތު ހަރަކާތްތެރިވަމުން އަންނަ އިސްމާޢީލް ޢަލީ (އިއްސެެ) އަކީ ރ.އިނގުރައިދުއަށް އުފަން, ދާއިރާގެ ފަޚުރުވެރި ދަރިއެކެވެ. ޤައުމަށް ޚިދުމަތްކުރުމުގެ ފަޚުރުވެރި ތާރީޚެއް އޮތް އިއްސެ އަކީ ދިވެހިރާއްޖޭގެ ޤައުމީ ސާލާމަތު ނަގަހައްޓާ ދެމެހެއްޓުމުގެ އެންމެ ކުރީ ސަފުގައި އިސް ދައުރުތަކެއް އަދާކޮށްފައިވާ ފަރާތެކެވެ. ޤައުމު ދިފާޢުކުރުމުގައި ދެމިހުރި އިޖްތިމާޢީ ޚިދުމަތްތެރި ތަޖުރިބާކާރެކެވެ.

ތަޢުލީމާއި ތަޖުރިބާ

އިއްސެ ވަނީ 21 އަހަރު ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެކި ފަންތީގައި ހަރަކާތްތެރިވެ, އިންޓެލިޖެންސް އަދި ސައިބަރ ކްރައިމްގެ ދާއިރާއިން ތަޖުރިބާއާއި ތަޢުލީމު ޙާޞިލުކޮށްފައެވެ. އިސްމާޢީލް ޢަލީ ޝަރަފުވެރިކަމާއެކު އެމް.އެން.ޑީ.އެފް އިން ރިޓަޔަރ ކުރެއްވި އިރު އަދާކުރަށްވަމުން ގެންދެވީ ސްޕެޝަލް އެސެސްމަންޓް ޔުނިޓްގެ ސައިބަރ ސެލްގެ ޑިޕާޓްމަންޓް ހެޑްގެ މަޤާމެވެ. އިއްސެގެ ތަޢުލީމީ ޙަޔާތަށް ބަލާއިރު އޭޝިޔަން ސްކޫލް އޮފް ސައިބަރ ލޯސް އާއި, ބްރިޓިޝް ސްކޫލް އޮފް ކޮމަރސް އާއި, ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސް އާއި ކާޑިފް މެޓްރޮޕޮލިޓަން ޔުނިވަރސިޓީއިން ތަޢުލީމް ޙާޞިލްކޮށްފައިވެއެވެ. އަދި ވިޔަފާރީގެ ދާއިރާއިން މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާޞިލްކުރުމުގެ އިތުރަށް އިއްސެ އަކީ ކާމިޔާބު ވިޔަފާރިވެރިއެކެވެ.

އިއްސެ އުޅެ ބޮޑުވި އިނގުރައިދޫ ދާއިރާއާމެދު އިއްސެ ދެކޭ ހުވަފެންތައް ގިނަގުނައެވެ. ދިވެހިރާއްޖޭގައި އެންމެ ގިނަ ރިސޯޓް ހިމެނޭ އެއްދާއިރާގައި ވަޒީފާގެ ދަތިކަމާއި, މަސްތުވާތަކެތީގެ ވަބާ އިތުރުވެފައިވާ މިންވަރާމެދު އިއްސެގެ ކަންބޮޑުވުން ވަރަށް ގިނައެވެ. މިކަންކަމަށް ޙައްލު ހޯދުމަށްޓަކައި ދާއިރާ ތަމްޘީލް ކުރާނެ މަންދޫބެއްގެ ގޮތުގައި އިނގުރައިދޫ ދާއިރާއަށް އިއްސެ ކުރިމަތިލީ ލިބިފައިވާ ތަޢުލީމާއި ތަޖުރިބާގެ އަލީގައި ޙައްލު ގެންނަން ކުރަންހުރި ގިނަ ގުނަ މަސައްކަތްތަކާއި ހުރަސްތަކާ ކުރިމަތިލެވޭނެކަމުގެ ފުރިހަމަ އުންމީދާއި ޔަޤީން ކަމާއެކުއެވެ.

އަބުރުވެރި މަޖިިލީހަކަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ހަމައެކަނި ވަކި ދާއިރާއެއްގެ މަސައްކަތް ކުރާނެ ބައެއް ނޫނެވެ. މުޅި ޤައުމުގެ މަސްލަޙަތުގައި ސަރުކާރާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާއި ފާރަވެރިވެ ކަސިޔާރު މަގުން ގޮސްދާނެ ހެން ހީވާ ކޮންމެ ފަހަރަކުމެ ސަރުކާރު ހޭރިޔާކުރުމުގެ ޒިންމާވެސް އޮތް މަޖިލީހެކެވެ. މިވަގުތު އެ މަޖިލީހުގެ އަބުރާއި ޢިއްޒަތާ ކަރާމާތަކީ ލިޔުމުގައި އޮތް ކިޔުމުގައި އޮތް ޢަމަލުގައި ނެތް މަޖިލީހެއްކަން ހިތާމަޔާއެކު އިއްސެ ފާހަގަކުރެއެވެ. އެހެންކަމުން އިއްސެގެ ކެމްޕެއިންގެ މައިގަނޑު ސްލޯގަން އަކީ ”އަބުރުވެރި މަޖިލީހަކަށް“ މިއެެެވެ. މި ސްލޯގަން ނެގުމުގެ އަސާސީ ވިސްނުމަކީ އިންގުރައިދޫ ދައިރާއަކީ އަބުރުވެރި ރައްޔިތެއް ދިރިއުޅޭ ދާއިރާ އަކަށް ވުމެވެ. އަދި މި ދާއިރާގެ ރައްޔިތުން އިއްސެ އަށް ވޯޓު ދެއްވައިފިނަމަ މުޅި ރާއްޖެ އަށް ދާއިރާ އިން އެ ދެއްވާ މެސެޖަކީ ރައްޔިތުންގެ މަޖިލީސް އިސްލާޙުކޮށް ދާއިރާ ތަރައްޤީ ކުރުމުގައި އިނގުރައިދޫ ދާއިރާއިން އިސްކުރާނީ ޤަދަރާ ކަރާމަތާ ޢިއްޒަތާ އަބުރުވެރިކަން ކަމެވެ. ޖެހޭ ކޮންމެ ވައިރޯޅިއަކަށް ހެލިލާ, މަދު ލާރިކޮޅަކަށް ދީލައިލާ, ހޮވުމުން ދާއިރާ ހަނދާނެތިދާ މެންބަރުން މިއަދު މި ދާއިރާ އަކުން ބޭނުމެއް ނުވެއެވެ.

އިއްސެ އަށް ވޯޓު ދެއްވާ

އިއްސެއަކީ ތިޔަބޭފުޅުންގެ މި އެދުން ފުރިހަމަ ކޮށްދެވޭނެ މާޒީއެއް އޮތް, ދީނާއި ޤައުމު ދިފާޢު ކޮށްފައިވާ, ތަޖުރިބާކާރެކެވެ. އިއްސެގެ އެދުމަކީ 21 އޭޕްރީލް 2024 ވާ ދުވަހު އޮން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިނގުރައިދޫ ދާއިރާގެ މެެންބަރެއްގެ ގޮތުގައި ތިޔަބޭފުޅުން ކެނޑިޑޭޓް ނަންބަރު 4 އިސްމާޢީލް ޢަލީ އަށް ވޯޓު ދެއްވުމެވެ.

ރައްޔިތުންގެ މަޖިލިސް ބަހުސް