އިޢުލާން: ޢަދާލަތު ޕާޓީގެ 3 ވަނަ ދައުރުގެ ޒުވާނުންގެ މަޖިލިސް މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލުން

އިޢުލާން: ޢަދާލަތު ޕާޓީގެ 3 ވަނަ ދައުރުގެ ޒުވާނުންގެ މަޖިލިސް މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލުން

ނަންބަރު: AP-IUL/2020/21

ޢަދާލަތު ޕާޓީގެ ޒުވާނުންގެ މަޖިލީހަށް ކުރިމަތިލުމަށް 2 ފެބްރުއަރީ 2021 ވީ އަންގާރަ ދުވަހު ކުރި ނަންބަރު: AP-IUL/2021/14 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 26.4 ވަނަ މާއްދާގެ ދަށުން، ޕާޓީގެ 3 ވަނަ ދައުރަށް ޒުވާނުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލަމެވެ. ޒުވާނުންގެ މަޖިލީހުގައި ހިމެނޭނީ 21 މެމްބަރުންނެވެ. މި މެމްބަރުން ހޮވާނީ މިކަމަށް ކުރިމަތިލާ މީހުންގެ މެދުގައި ޤައުމީ މަޖިލީހުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ޒުވާނުންގެ މަޖިލީހުގެ މެންބަރަކަށް ވުމަށް ކުރިމަތިލާ ފަރާތްތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަ ވާންވާނެއެވެ.

  1. ޕާޓީގެ މެންބަރެއް ކަމުގައި ވުން. (ޕާޓީއަށް ވަނުމަށް އެދޭ ފޯމް ފުރުމަށްފަހު، އެ ފޯމަކީ ސައްޙަ ފޯމެއްކަމަށް ޕާޓީގެ ރަޖިސްޓްރަރ ކަނޑައަޅާ ހިނދުން ފެށިގެން އެ މީހަކީ ޢަދާލަތު ޕާޓީގެ މެންބަރެކެވެ.)
  2. ޢުމުރުން 35 އަހަރު ވެފައި ނުވުން.

ވީމާ ޒުވާނުންގެ މަޖިލީހުގެ މެންބަރުކަމަށް ޝައުޤުވެރިވާ  ފަރާތްތަކުން  އެކަމަށް އެދި ހުށަހަޅާ ފޯމް، 09 މާރޗް 2021 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 3:00 ގެ ކުރިން، ޢަދާލަތު ޕާޓީގެ މައި އިދާރާއަށް، ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ admin@adhaalath.org.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ މި އިޢުލާނުގައިވާ ގޫގުލް ފޯމް ފުރުއްލެއްވުން އެދެމެވެ.

ޒުވާނުންގެ މަޖިލީހުގެ މެންބަރުކަމަށް އެދޭ ފޯމްގެ ލިންކް: http://bit.ly/3sEKXxu

ގޫގުލް ފޯމްގެ ލިންކު: https://forms.gle/38PQ7LrnYYf5K74F6

ވީމާ، މި ކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

ކަމާގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން އެދޭނަމަ މި ޕާޓީގެ މައި އިދާރާގެ ނަންބަރު: 3342671 އަށް ގުޅުންވުން ނުވަތަ  admin@adhaalath.org.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

18 رجب 1442

02 މާރޗު 2021