އިޢުލާން: ޢަދާލަތު ޕާޓީގެ 3 ވަނަ ދައުރުގެ ފަނޑިޔާރުންގެ މަޖިލީހާއި އަންހެނުންގެ މަޖިލީހާއި ޒުވާނުންގެ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތް އިތުރުކުރުން.

އިޢުލާން: ޢަދާލަތު ޕާޓީގެ 3 ވަނަ ދައުރުގެ ފަނޑިޔާރުންގެ މަޖިލީހާއި އަންހެނުންގެ މަޖިލީހާއި ޒުވާނުންގެ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތް އިތުރުކުރުން.

އިޢުލާން

ނަންބަރު: AP-IUL/2021/19

 

ޢަދާލަތު ޕާޓީގެ ފަނޑިޔާރުންގެ މަޖިލީހާއި އަންހެނުންގެ މަޖިލީހާއި އަދި ޒުވާނުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލުމަށް 2 ފެބްރުއަރީ 2021 ވީ އަންގާރަ ދުވަހު ކުރި ނަންބަރު: AP-IUL/2021/13   ،    AP-IUL/2021/14 އަދި AP-IUL/2021/15 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

ޕާޓީގެ 3 ވަނަ ދައުރަށް ފަނޑިޔާރުނގެ މަޖިލީހާއި އަންހެނުންގެ މަޖިލީހާއި، އަދި ޒުވާނުންގެ މަޖިލީހުގެ މެންބަރުން ހޮވުމަށްޓަކައި، ކުރިއަށް އޮތް ޤައުމީ މަޖިލީހުގައި އޮންނަ އެ މަޖިލިސްތަކަށް މެންބަރުން ހޮވުމުގެ އިންތިޚާބަށް ކުރިމަތިލުމަށް އިތުރަށް ފުރުޞަތު ދިނުމުގެ ގޮތުން، ކުރިމަތި ލުމުގެ މުއްދަތް 11 މާރޗް 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރު ކުރެވިފައިވާ ވާ ވާހަކަ އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

 

ވީމާ، މިމަޖިލީސްތަކުގެ މެންބަރުކަމަށް ޝައުޤުވެރިވާ  ފަރާތްތަކުން  އެކަމަށް އެދި ހުށަހަޅާ ފޯމް، 11 މާރޗް 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 ގެ ކުރިން، ޢަދާލަތު ޕާޓީގެ މައި އިދާރާއަށް، ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ admin@adhaalath.org.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ މި އިޢުލާނުގައިވާ ގޫގުލް ފޯމް ފުރުއްލެއްވުން އެދެމެވެ.

ޕާޓީގެ މަޖިލީސްތަކުގެ މެންބަރުކަމަށް އެދޭ ފޯމްގެ ލިންކް: http://bit.ly/3sEKXxu

ގޫގުލް ފޯމްގެ ލިންކު: https://forms.gle/38PQ7LrnYYf5K74F6

ވީމާ، މި ކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

ކަމާގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން އެދޭނަމަ މި ޕާޓީގެ މައި އިދާރާގެ ނަންބަރު: 3342671 އަށް ގުޅުންވުން ނުވަތަ  admin@adhaalath.org.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

27 رجب 1442

09 މާރޗު 2021