އިޢުލާން: ޢަދާލަތު ޕާޓީގެ ދުސްތޫރަށް އަންނަނިވި އިޞްލާޙު ގެނެވިފައިވާކަން ޢާއްމުކުރުން

އިޢުލާން: ޢަދާލަތު ޕާޓީގެ ދުސްތޫރަށް އަންނަނިވި އިޞްލާޙު ގެނެވިފައިވާކަން ޢާއްމުކުރުން

ނަންބަރު: AP-IUL/2021/24

ޢަދާލަތު ޕާޓީގެ 3 ވަނަ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ޢަދާލަތުޕާޓީގެ ދުސްތޫރަށް އަންނަނިވި އިޞްލާހުތައް ގެނެވިފައިވާކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

 

1. ދުސްތޫރުގެ 1.4 ވަނަ މާއްދާ އަންނަނިވިގޮތަށް އިޞްލާޙުކުރެވިފައި:
  1.4 ޕާޓީގެކުލައަކީ ފެހިކުލައެވެ. ކުލައިގެ ކޯޑަކީ CMYK 100%, 0%, 47%, 34%އެވެ.
2. ދުސްތޫރުގެ 11.1 ވަނަ މާއްދާގެ (ވ) އުވައިލެވިފައި:
  11.1 (ވ) ޕާޓީގެ ކެބިނެޓް (ހިޔަނި ކެބިނެޓް).
3. ދުސްތޫރުގެ 11.1 ވަނަ މާއްދާގެ (މ) އަންނަނިވިގޮތަށް އިޞްލާހުކުރެވިފައި:
  11.1 (މ) ދާއިރާ ކޮމިޓީ.
4. ދުސްތޫރުގެ 11.1  ވަނަ މާއްދާގެ (ފ) އަންނަނިވިގޮތަށް އިޞްލާހުކުރެވިފައި:
  11.1 (ފ) ރަށު ކޮމިޓީ.
5. ދުސްތޫރުގެ 11.1  ވަނަ މާއްދާގެ (ވ) ގެ ގޮތުގައި އަންނަނިވި މާއްދާ އިތުރުކޮށް ނަންބަރު ތަރުތީބުކުރެވިފައި:
  11.1 (ވ) ކައުންސިލަރުންގެ ގްރޫޕް.
6. ދުސްތޫރުގެ 11.1 ވަނަ މާއްދާގެ (ފ) ގެ ގޮތުގައި އަންނަނިވި މާއްދާ އިތުރުކޮށް ނަންބަރު ތަރުތީބުކުރެވިފައި:
  11.1 (ފ) އަތޮޅު ކޮމިޓީ.
7. ދުސްތޫރުގެ 11.1 ވަނަ މާއްދާގެ (ދ) ގެ ގޮތުގައި އަންނަނިވި މާއްދާ އިތުރުކޮށް ނަންބަރު ތަރުތީބުކުރެވިފައި:
  11.1 (ދ) ސިޓީ ކޮމިޓީ.
8. ދުސްތޫރުގެ 11.1 ވަނަ މާއްދާގެ (ގ) ގެ ގޮތުގައި އަންނަނިވި މާއްދާ އިތުރުކޮށް ނަންބަރު ތަރުތީބުކުރެވިފައި:
  11. (ގ) ޔުނިޓްތައް.

 

9. ދުސްތޫރުގެ 13 ވަނަ މާއްދާގެ (ށ) ގެ ގޮތުގައި މާއްދާއެއް އިތުރުކޮށް އަކުރުތައް ތަރުތީބު ކުރެވިފައި:
  13.1 (ށ) ޕާޓީގެ ދުސްތޫރުގައި ހިމެނޭ މާއްދާތަކުގެ ތެރެއިން، ޤައުމީ މަޖިލީހަށް އިސްލާހުކުރެވޭނެކަމަށް ކަނޑައެޅިފައިވާ މާއްދާއަކަށް އިސްލާހެއް ހުށައެޅިފައިވާނަމަ، އެ އިސްލާހުތައް ފާސްކުރުން.
 

10. ދުސްތޫރުގެ 13 ވަނަ މާއްދާގެ (ށ) އަންނަނިވިގޮތަށް އިޞްލާޙުކުރެވިފައި:

    (ނ) ކުރިއަށް އޮތް 5 އަހަރު ދުވަހަށް ހޮވޭ ޕާޓީގެ ރައީސްއާއި ނައިބު ރައީސުންގެ ނަން އިޢުލާން ކުރުން.
11. ދުސްތޫރުގެ 13 ވަނަ މާއްދާގެ (ރ) އަންނަނިވިގޮތަށް އިޞްލާޙުކުރުން
    (ރ)   ކުރިއަށް އޮތް 5 އަހަރު ދުވަހަށް މަޝްވަރާ މަޖިލީހަށް ހޮވަންޖެހޭ 12 މެންބަރުން އިންތިޚާބުކުރުން. މި މަޤާމަށް ކުރިމަތިލާ މެމްބަރުންގެ ކިބައިގައި އަންނަނިވި ޝަރުތުތައް ހަމަވާން ވާނެއެވެ.
      1. އުމުރުން 40 އަހަރުވެފައިވުން؛
      2. ޕާޓީގެ މެމްބަރެއްގެ ގޮތުގައި މެދުނުކެނޑި 10 އަހަރުވެފައިވުން،
      3. ޕާޓީގެ ސުލޫކު ކޮމިޓީއިން ފާއިތުވި 3 އަހަރުތެރޭގައި ފިޔަވަޅުއަޅާފައި ނެވުން: އަދި
      4. އިސްލާމީ ޝަރީޢަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކުރިކަން ފާއިތުވި 10 އަހަރުތެރޭގައި ސާބިތުވެފައި ނެތުން.
12. ދުސްތޫރުގެ 13 ވަނަ މާއްދާގެ (ބ) އަންނަނިވިގޮތަށް އިޞްލާޙުކުރުން؛
    (ޅ) ކުރިއަށް އޮތް 5 އަހަރު ދުވަހަށް ފަނޑިޔާރުންގެ މަޖިލީހަށް ޤައުމީ މަޖިލީހުން ކަނޑައަޅާ މެންބަރުން އިންތިޚާބު ކުރުމާއި، އެމަޖިލީހުގެ އިސްފަނޑިޔާރު އިންތިޚާބުކުރުން.
13. ދުސްތޫރުގެ 13 ވަނަ މާއްދާގެ (މ) އުވައިލައި ނަންބަރު ތަރުތީބު ކުރެވިފައި:
    (މ) މި ދުސްތޫރުގެ 36.1 ވަނަ މާއްދާގައި ބުނާ ކޮމިޓީތަކަށް އުނިއިތުރު ގެނައުން.

 

 

28 رجب 1442

12 މާރޗް 2021