• ފުރަތަމަ ސަފްޙާ
  • ޑައުންލޯޑްސް
    • މޮޓޯ، ނިޝާން، ކުލަ އަދި ދިދަ
  • ޢަދާލަތު ޕާޓީ
    • ޢަދާލަތު ޕާޓީގެ ދުސްތޫރު
  • މީޑިއާ
    • ޤަރާރު
    • ނޫސްބަޔާން
    • ޚަބަރު
    • ކަރުދާސް
    • އިޢުލާން
    • އެހެނިހެން
  • ގުޅުއްވާ
  • މެމްބަރުން
✕

އައްޝައިޚް އާދަމާ ނަސީމް (ބީއޭ ނަސީމް) އަވަހާރަވުމާ ގުޅިގެން ތަޢުޒިޔާ ދެންނެވުން

ސެޕްޓެމްބަރ 18, 2022

ދިވެހިރާއްޖޭގެ އިސްލާމީ ދަޢުވަތަށާއި އިސްލާޙީ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް އާދަމް ނަސީމު (ބީއޭ ނަސީމް) ވަނީ ގިނަ ދުވަސްތަކަކު އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިރޭގެ ވަގުތެއްގައި ގައި ނިޔާވެފައެވެ. ފަޟީލަތުއްޝައިޚް އާދަމް ނަސީމު ނިޔާވި ޚަބަރު އަޅުގަނޑުމެން އެހީ ނުހަނު ހިތާމައާއެކުއެވެ. މި ހިތާމަވެރި ވަގުތުގައި ފަޟީލަތުއްޝައިޚް އަލްމަރްޙޫމު އާދަމް ނަސީމުގެ ފުރާނަފުޅަށް ﷲ ހެޔޮ ރަޙުމަތް ލައްވައި، ޝައިޚްގެ ފާފަތައް ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވަމެވެ. އަދި މަރުޙޫމުގެ ލޮބުވެތި ޢާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވައި އިޚުލާޞްތެރި ތައުޒިޔާ ދަންނަވަމެވެ.


ފަޟީލަތުއްޝައިޚް އަލްމަރްޙޫމު އާދަމް ނަސީމު އަކީ އިސްލާދީން މަތިވެރިކުރުމަށާއި އިސްލާމްދީނުގެ ޢިލްމު ފެތުރުއްމާއި އުގަންނައި ދެއްވުމުގައި ހިއްވަރާއިއެކު ނުހަނު ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެގޮތުން ޢަދާލަތު ޕާޓީއަށާއި، ދިވެހި ޤައުމަށް ނުހަނު އިޚުލާސްތެރިކަމާއެކު ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދެވިއެވެ. ޚާއްޞަކޮށް އިސްލާމީ އުސޫލުތައް ނަގަހައްޓާ ދެމެހެއްޓުމަށްޓަކައި ފެށުނު އިޞްލާޙީ ޙަރަކާތުގެތެރެއިން ޢަދާލަތު ޕާޓީ ވުޖޫދަށް އަންނަން ޖެހޭނެ ކަމަށް މަޝްވަރާ ދެއްވާ އެކަމަށް ވަކާލާތުކުރައްވާ ހިއްވަރު ދެއްވިއެވެ. އަދި ޢަދާލަތު ޕާޓީ އުފެއްދުމަށް ވަރަށް ބޮޑަށް އެހީތެރިވެ ވަޑައިގެންނެވިއެވެ.  އެމަނިކުފާނު ޢަދާލަތު ޕާޓީއާ (2011) ގައި ގުޅި ވަޑައިގަތުމަށްފަހު ޕާޓީގެ މަސައްކަތްތަކުގައި ބައިވެވެ ވަޑައިގެންނެވިއެވެ. ޚާއްޞަކޮށް ޢިލްމީ މަސައްކަތްތަކާއި އިސްލާމީ ނާޙިޔާއިން މަޝްވަރާ އެރުއްވުމުގައި ޝެއިޚްގެ ދައުރު ވަރަށް ފުޅާދާއިރާއެއްގައި އަދާކޮށްދެއްވާފައި ވެއެވެ. މިކަންކަމުގައ ތެރޭގައި އެމަނިކުފާނު ޢަދާލަތު ޕާޓީގެ ކުރިއެރުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ އޭގެ އަގުވަޒަންނުކުރެވޭނެ ޚިދުމަތްތަކެކެވެ. މީގެ އިތުރުން ދިވެހި ޤައުމަށް ތަފާތު އެކި ރޮނގު ރޮގުން  ފަޟީލަތުއްޝައިޚް އަލްމަރްޙޫމު އާދަމް ނަސީމު ޚިދުމަތްކުރައްވާފައިވެއެވެ. މިގޮތުން ދިވެހި ދަރިންނަށް ޢަރަބި އަދި އިސްލާމީ ތަޢުލީމު އުގަންނައިދެއްވުމާއި އިސްލާމީ މަންހަޖުގެ ފޮތްތައް އެކުލަވާލުމާއި ޢިލްމީ ދަރުސްތަކާއި އާއްމު ދަރުސްތަކާއި އިލްމީ ލިޔުންތައްކާއި ދިރާސާތައްލިއްވާ ދިވެހި ދީބުގެ ދީނީ ޢިލްމަށް ޚިދުމަތްތައް ކުރެއްވިއެވެ.


 ފަޟީލަތުއްޝައިޚް އަލްމަރްޙޫމު އާދަމް ނަސީމު ފާހަގަ ކުރެވިފައިވަނީ ތަފާތު ފަންތިއާއި އެކި އެކި ވިސްނުންތަކުގެ މީހުން ޖާމާކޮށް ހިއްވަރާއި އެކު އަމާޒަށް މަސައްކަތް ކުރައްވާ ޤާބިލް ޙިލްމުވެރި ބޭފެއްގެ ގޮތުގައެވެ. މާތްﷲ  ފަޟީލަތުއްޝައިޚް އަލްމަރްޙޫމު އާދަމް ނަސީމަށް ރަޙްމަތްލައްވާ ފާފަ ފުއްސަވާ ސުވަރުގޭގެ ފިރުދައުސް މިންވަރުކުރައްވާށި.

އާމީން

إِنَّا لِلّهِ وَإِنَّا إِلَيْهِ رَاجِعونَ
إِنَّ لِلَّهِ مَا أَخَذَ وَلَهُ مَا أَعْطَى وَكُلٌّ عِنْدَهُ بِأَجَلٍ مُسَمًّى.


22 رَبِيْعُ الأَوَّل 1444
18 ސެޕްޓެމްބަރ 2022

  • Click to share on Twitter (Opens in new window)
  • Click to share on Telegram (Opens in new window)
  • Click to share on WhatsApp (Opens in new window)
  • Click to share on Pocket (Opens in new window)
  • Click to print (Opens in new window)
© 2025 Betheme by Muffin group | All Rights Reserved | Powered by WordPress